ރެއާލް މެޑްރިޑުގެ ހޯސެލޫ އަދި ސަބެއްލޯ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
13 Dec 2023 | 08:58
ރަށުން ބޭރުގައި ޔޫނިއަން ބާލިން އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ސީގައި ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ޖަރުމަނުގެ ޔޫނިއަން ބާލިން އަތުން މޮޅުވެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރެއާލުން ނިންމާލީ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކުގައެވެ.

މިމެޗަށް ނުކުތްއިރު ވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ރެއާލް މެޑްރިޑަށް ކަށަވަރުވެފައިވާއިރު، މިމެޗަށް އެޓީމުން ނުކުތީ ވެސް ބަދަލުތަކަކާއި އެކުގައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރި އިރު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޔޫނިއަން ބާލިންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ދީފައެވެ.

ނަމަވެސް އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ކުރިއަށް ފޮނުވާލި ޕެނަލްޓީ ޔޫނިއަން ބާލިންގެ ގޯލު ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ޖެހިގެން އައި މިނެޓުގައި ޔޫނިއަން ބާލިން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް ކެވިން ވޮލެންޑް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔޫނިއަން ބާލިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޯސެލޫ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ރެއާލް މެޑްރިޑުން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހޯސެލޫ އެވެ. މިއީ އެޓީމުގެ ފަރާން ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔޫނިއަން ބާލިން އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރީ ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗެކްރިޕަބްލިފެ ފޯވާޑް އެލެކްސް ކްރަލް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ޑެނީ ސަބެއްލޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ތިންވަނަ ފަހަރަށް ލީޑު ހޯދައި ދީފައެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 6 މެޗުން ވެސް މޮޅުވެ، 18 ޕޮއިންޓާއެކު ރެއާލް މެޑްރިޑުން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކުޅުނު 6 މެޗުން ލިބުނު 2 ޕޮއިންޓާއެކު އެޓީމުން މުބާރަތް ނިންމާލީ ގްރޫޕްގެ ފުލުގައި އޮވެއެވެ.

މިގުރޫޕްގައި ރޭ ނަޕޯލީ އާއި ބްރާގާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން މޮޅުވެ، 6 މެޗުން ލިބުނު 10 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ހޯދީ ނަޕޯލީ އިންނެވެ. އަދި އެމެޗުން ބަލިވި، ބްރާގާ އިން ކުޅުނު 6 މެޗުން ލިބުނު 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާ ލީގު ދެވަނަ ބުރުން ޖަގަ ހޯދީ ބްރާގާ އިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.