ބޭރު ދުނިޔޭގެ ކުޅިވަރު
08 Jan 2024
ލިވަޕޫލް އަތުން ބަލިވެ، އާސެނަލް އެފްއޭކަޕުން ކަޓައިފި
އިގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
07 Jan 2024
ކޮޕާ ޑެލްރޭގެ ދެވަނަ ބުރުން ޗެންޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން އަރަންޑިނާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
07 Jan 2024
4 ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރި، މާރިއޯ ޒަގަލޯ މަރުވެއްޖެ
ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް މާރިއޯ ޒަގަލޯ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މަރުވެއްޖެކަމަށް އެޤައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.
05 Jan 2024
ގުންޑޮގާން އިތުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު ބާސެލޯނާ ތިންވަނައަށް
ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ލަސް ޕަލްމަސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ، ބާސެލޯނާ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
04 Jan 2024
މަޔޯކާ އަތުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
02 Jan 2024
ކުރީގެ ކޯޗު ސްކޮލާރީ ގެނައުމަށް ބްރެޒިލް އިން މަސައްކަތްފަށައިފި
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ކުރީގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ ގެނައުމަށް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.
02 Jan 2024
ސަލާހްގެ ދެލަނޑާއެކު ލިވަޕޫލުން އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
01 Jan 2024
ފުލަމް އަތުން އާސެނަލް ބަލިވެއްޖެ!
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން ބަލިވި، ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.