ލުއިސް ފިލިޕޭ ސްކޮލާރީ
ކުޅިވަރު
02 Jan 2024 | 21:24
އަންޗެލޮޓީ ނޫނެކޭ ބުނުމުން، ކުރީގެ ކޯޗު ސްކޮލާރީ ގެނައުމަށް ބްރެޒިލް އިން މަސައްކަތްފަށައިފި

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ކުރީގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ ގެނައުމަށް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.

އުމުރުން 75 އަހަރުގެ ސްކޮލާރީ އެންމެ ފުރަތަަމަ ބްރެޒި ގައުމީ ޓީމާއި ހަވާލުވީ 2001 ވަނަ އަހަރު އެވެ. އެއަށްފަހު ޖަޕާނާއި ސައުތު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް މެޗަކުން ބަލިނުވެ، ބްރެޒިއަށް ކާމިޔާބުކޮށްދިނެވެ. އަދި ޖެހިގެން އައި އަހަރު ޕޯޗުގަލްގެ ގައުމީ ޓީމާއި ހަވާލުވުމަށް ފަހު 2004 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެޓީމު ގެންގޮސްދީފައިވެއެވެ.

2012 ވަނަ އަހަރު ދެވަނަ ފަހަރަށް ބްރެޒިލްގެ ގައުމީ ޓީމާއި ހަވާލުވުމަށް ފަހު 2013 ވަނަ އަހަރު ބޭއްވުނު ފީފާ ކޮންފެޑެރޭޝަން ކަޕުގެ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ސްޕެއިން ބަލިކޮށް މުބާރާތުގެ ތަށި އެޓީމަށް ކާމިޔާބުކޮށްދިނެވެ. އަދި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނެދަލޭންޑްސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އެއަހަރު ސްކޮލާރީ ފެނިގެން ގޮސްފައިވަނީ ބްރެޒިލްގެ ގްރޭމިއޯގެ ބެންޗުންނެވެ. އަދި މިވަގުތު އޭނާ ހުރީ ބްރެޒިލްގެ އެތްލެޓިކޯ މިނެއިރޯގެ ކޯޗުކަމުގެ މަގާމުގަ އެވެ.

ބްރެޒިލުން ސްކޮލާރީ ގެނައުމަށް މަސައްކަތް ފެށީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑްކަޕުގެ ނާކާމިޔާބީއާއެކު އެންޗެލޯޓީ ކޯޗަކަށް ގެނައުމަށް ބްރެޒިލްގެ ފެޑެރޭޝަނުން އޭނާއާއެކު އަނގަބަހުން އެއްބަސްވުމަކަށް އައެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެންޗެލޯޓީ ވަނީ އޭނާ ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވާއިރު، ސްކޮލާރީގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ސެމީ ފައިނަލަށް ދިޔަ ފަހުން އެ ގައުމަށް މުބާރާތުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ކުރިއަށް ދެވިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.