ކްރިކެޓް ވޯލްޑްކަޕް ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު އޮސްޓްރޭލިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
20 Nov 2023 | 09:02
އިންޑިއާ ބަލިކޮށް އޮސްޓްރޭލިޔާ އިން 6 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕް ފައިނަލުގައި އާދީއްތަ ދުވަހު، 6 ވިކެޓުން އިންޑިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޮސްޓްރޭލިޔާ އިން ހޯދައިފިއެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ހަވަނައަށް ފަހަރެވެ. އަދި މީގެކުރިން އެޓީމުން ވަނީ 1987، 1999, 2003, 2007 އަދި 2015 ވަނަ އަހަރު މިމުބާރާތުގެ ޗެމްޕިއަން ހޯދާފައެވެ.

އިންޑިޔާގެ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި 110,000 ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ޓޮސް ދިމާވެގެން އޮސްޓްރޭލިޔާ އިން ގަސްދުކުރީ ހޮވާށެވެ. އަދި މިމުބާރާތުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެ ފައިނަލުން ޖާގަ ހޯދި އިންޑިޔާ އިން ކުޅެންއަރައި 50 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 240 ލަނޑެވެ.

ޖަވާބުގައި އޮސްޓްރޭލިޔާ އިން ވަނީ ކުޅެންއަރައި 43 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ކާމިޔާބުކޮށް އިންޑިޔާގެ މައްޗަށް ކުރިހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ، މިމެޗުގައި 120 ބޯޅައިން 137 ލަނޑު ހެދި އޮސްޓްރޭލިޔާ ޓީމުގެ ޓްރެވިސް ހެޑް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގައި 63 ބޯޅައިން 54 ލަނޑުހެދި އިންޑިޔާ ޓީމުގެ ތަރި ވިރާތު ކޯލީ އެވެ. އޭނާ ވަނީ މި މުބާރާތުގައި އިންޑިޔާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާގެ ދެ ރެކޯޑެއް މުގުރާލާފައެވެ.

އެއީ 50 އޯވަރު ކުރިކެޓުފައި 49 މެޗެއްގައި 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްގެން ޓެންޑުލްކާ ހަދާފައިވާ ރެކޯޑުގެ އިތުރުން 2003 ވަނަ އަހަރުގެ ވޯލްޑްކަޕްގެ 11 މެޗުގައި 663 ލަނޑު ކާމިޔާބުކޮށްގެން ޓެންޑުލްކާ ހަދާފައިވާ ވޯލްޑްކަޕް އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ނިއުޒިލޭންޑް އާއި ދެކޮޅަށް ހެދި 117 ލަނޑާއެކު ވިރާތު ކޯލީ ވަނީ 50 އޯވަރު ކުރިކެޓުފައި 50 މެޗުގައި 100 އަށް ވުރެ ގިނަ ލަނޑު ހަދާފައެވެ. އަދި މީގެ އިތުރުން ފައިނަލް މެޗުގައި ހެދި 54 ލަނޑާއެކު މިމުބާރާތުގައި ކުޅުނު 11 މެޗުގައި ވިރާތު ކޯލީ ވަނީ ޖުމްލަ 665 ލަނޑު ހަދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.