މާސެލޯ ގަލާޑޯ
ކުޅިވަރު
19 Nov 2023 | 11:18
އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމާއި މާސެލޯ ގަލާޑޯ ހަވާލުވެއްޖެ

ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗަކަށް ރިވަޕްލޭޓްގެ ކުރީގެ ކޯޗު މާސެލޯ ގަލާޑޯ ހަމަޖައްސައިފި އެވެ.

އުމުރުން 47 އަހަރުގެ ގަލާޑޯ އަލް އިއްތިހާދާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އެއްބަސްވުން ހަމަވާއިރު ކުލަބުން ބޭނުންވެއްޖެނަމަ އިތުރު ދެ އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ކުލަބަށް އޮންނަ މާއްދާއެއް މިއެއްބަސްވުމުގައި ހިމަނާފައި ވެއެވެ

2011 ވަނަ އަހަރު އުރުގުއާއީގެ ނަސިއޯނެލް އިން ކޯޗިން ކެރިއަރު ފެށި ގަލާޑޯ، 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމަޔަށް މަސައްކަތް ކުރީ އާޖެންޓީނާގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމުގައިވާ ރިވާ ޕްލޭޓުގެ ކޯޗުގެ މަގާމުގައެވެ. އަދި އެޓީމާއެކު އޭނާ ވަނީ އާޖެންޓީނާގެ ލީގު ޗެމްޕިއަންކަން 2021 ވަނަ އަހަރު ހޯދުމުގެ އިތުރުން 2015 އަދި 2018 ވަނަ އަހަރު ދެކޮނު އެމެރިކާގެ އެންމެ ޝަރަފްވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސްގެ ޗެންޕިއަން ހޯދާފައެވެ.

އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކި ކުރުމާއެކު އެވެ. އޭގެ ފަހުން އަލް އިއްތިހާދުން ގެންނަން ބޭނުންވި ކޯޗުންގެ ލިސްޓުގައި އޮތީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން، ރޯމާގެ މިހާރުގެ ކޯޗު މޮރީނިއޯ އަދި ސެވިއްޔާގެ ކުރީގެ ކޯޗު ލޮޕެޓެގީ އެވެ. އަދި ލޮޕެޓެގީ އާއެކު އަލް އިއްތިހާދުން މަޝްވަރާ ކުރި ނަމަވެސް، އޭނާ ވަނީ އެކުލަބުގެ ހުށަހެޅުން ގަބޫލް ނުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.