28 Jul 2020 | 19:20
ޢައްސާން ބައިވެރިވި މުޒާހަރާއާއި މެދު ޔުމްނާ ސުވާލު އުފައްދަވައިފި

ޕްރޮގްރެސިވް ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އިހުތިޖާޖާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ރޭ މުޒާހަރާއި ގުޅިގެން އެކަމަނާ ވަނީ ޓުވީޓެއްކުރައްވާފައެވެ.

"މިނިވަންކަމޭ ރައްޔިތުންނޭ ކިޔާފައި، މާސްކް އެޅުމެއް ގައިދުރުކަމެއް ނެތި، މި ދުވަސްވަރު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތިންނަށްޓަކައި ބާ؟" ޔުމްނާ މައުމޫންގެ ކޮއްކޮ ޢައްސާން މައުމޫން ކުރީ ސަފުގައި ހަރަކާތްތެރިވެފައިވާ މި މުޒާހަރާއާއި ބެހޭގޮތުން ޔުމްނާ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އަށް ލުއި ދީފައިވަނިކޮށް މި ބޭއްވި މުޒާހަރާގައި ބައިވެރި ވި ފަރާތްތައް ފުލުހުން ވަނީ ދުރުކޮށް އެއްވި ސަރަހައްދުން ދުރައްޖައްސާފައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި އިހްތިޖާޖުގެ ބޭނުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާއި ދެކޮޅަށް އަޑުއުފުލުން ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި އިންޑިޔާ ބައްސަމުން ގެންދާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

ޔުމްނާ މައުމޫންމި ފަދައިން ވިދާޅުވެފައިމިވަނީ އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން ވަނީ ސަރުކާރުން ކޮވިޑް-19 އަށް ދީފައިވާ ލުއިތަކަށް ބަދަލުގެނެސް ހަރުކަށި ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.

ކޮވިޑް-19ގެ ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު ގިނަ އަދަދެއްގެ ކޭސްތައް ދަނީ މާލެ ސަރަހައްދުން ފެންނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި