ރައީސް ނަޝިދު... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
05 Jul 2025 | 22:07
ރައީސް ނަޝީދުގެ ރަޢުޔުއަކީ، ހަނިމާދޫ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލުން

ހދ.ހަނިމާދޫ އިންތަރނޭޝަނަލް އެއާޕޯޓް ހިންގަން އެންމެ ރަނަގޅުގޮތަކީ ބީލަމަށް ލައިގެން ބަޔަކު ހޯދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ސިނާއަތުގެ ނަގާކިޔާ ބޭފުޅުން ތިއްބަވާ ޗެޓް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރިގޮތަކީ، ހަނިމާދޫ އެއާޕޯޓް ބީލަމަށް ލައިގެން އެތަން ހިންގާނޭ ބަޔަކު ހޯދުންކަމަށެވެ. އެގޮތުން އެންމެ ރަނގަޅުވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި ވިޔަފާރިތައް ހިންގުންކަމަާއި އެގޮތުން ބީލަމުގެ އުސޫލުން އެއާލައިނަކަށް ދީފިނަމަ އެތަނަށް ލިބޭނޭ ފައިދާ ބޮޑުވާނޭކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނިވެރިވެގެން ލޯނަށް ދިއުމަށްވުރެ އަތުގައި އޮތް އެއްޗެއް ކުއްޔަށްދީގެން ފައިސާ ހޯދިއްޖެނަމަ އެކަމުން ކުރާނޭފައިދާ ބޮޑުވާނޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު  އިންޑިއާގެ ޖީއެމްއާރަށް ހިންގަން ދީފައި އޮތްނަމަހީ މިއަދު ރާއްޖެއިން ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދައްކަން ނުޖެހުނީސްކަމަށާއި، އޭރުން އެއާޕޯޓް ހިންގާތާ 10 އަހަރުވާނޭކަމަށާއި، ސަރުކާރަށް ލިބޭނޭ ފައިދާ ކުޑަނުވާނޭކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާފައިމިވަނީ އެ އެއާޕޯޓް އިންޑިއާގެ އަދާނީ އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށް ތުހުމަތުކުރައްވައި، އެކަން އިކޮނޮމިކް މިނިސްޓަރު މިއަދު ދޮގުކުރައްވާފައިވަނިކޮށެވެ. މިދިޔަ ބްރާސްފަތިދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވަނީ، އަދުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށެވެ. އެގޮތުން އެ މުއާމަލާތުގައި އަދާނީ ގްރޫޕްގެ ޗެއާމަނާ ސަރުކާރުގެ ފަރާތުން ބައްދަލުކޮށްފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަަކެއް ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ. އެ އެއާޕޯޓުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގަލަން
ނަސީދުގެ ޙިޔާލު ރަގަޅު
06 Jul 2025
މީހާ
ތިޔަގޮތަށް ވިސްނަބާފަ ޖީއެމްއާރު އެއާރޕޯރޓެއް މިގައުމުގަ އިރަކު އޮތެވެ. އެ މުސީބާތުން އަދިވެސް މިއުޅެނީ ގައުމު ސަލާމަތް ނުވެވިގެންނެވެ.
09 Jul 2025
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.