ޗިޓު މައްޗަށް ޗިޓު ފޮނުވިޔަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: މެންބަރު ޝިޔާމް

28 Jul 2020 | 15:31

ޗިޓު މައްޗަށް ޗިޓު އިދިކޮޅު ލީޑަރުންނަށާއި އެކްޓިވިސްޓުންނަށް ފޮނުވި ނަމަވެސް ފަހަތަށް ޖެހުމެއް ނެތް ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި ދެކޮޅު މުޒާހަރާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ތިއްބެވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިމާލް މިއަދު ހަވީރު ފުލުހަށް ހާޒިރު ވާން ވަނީ ޗިޓް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިޓު މައްޗަށް ޗިޓު ފޮނުވި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި ވާދަވެރިން އަނގަ ބަންދުކޮށްފައި ސަރުކާރު ހިންގާނީ ގައުމު އަޅުވެތިކުރަން ކަމަށެވެ.

މުހައްމަދު ނިމާލު އަދި މުހައްމަދު އިސްމާއިލް އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ހިލާފަށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި، އެ ޤާނޫނާއި ހިލާފަށް އަމަލު ކުރުމަށް އަމަލުކުރުމަށް އާންމުންނަށް ހިތްވަރުދީ، ޤާނޫނު އަސާސީގައި ބަޔާން ކުރާ އެއްތަނުން އަނެއްތަނަށް ދިޔުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މަހުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސްއަޅާ، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުންނަށް ހުރަސް އަޅާ ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް ހުރަސް އެޅިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މިތުހުމަތުގައި އެދެބޭފުޅުން ފުލުހަށް ހާޒިރުވާންވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވާދަވެރިންގެ އަގަ ބަންދުކޮށްގެން ސަރުކާރުން އުޅެނީ ޤައުމު އަޅުވެތިކުރަން ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އަދި އެކަމަށް ފުރުޞަތެއް އިދިކޮޅު ފަރާތްތަކުން ނުދޭނެ ކަމަށްވެސް ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ފޮޓޯ: އަވަސް


Advertisement

ކޮމެންޓް