އޮޅުވެލި މޯލްޑިވްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..
ކުޅިވަރު
11 Jul 2025 | 23:12
ރިސޯޓް ލީގު: އިތާފުށި ބަލިކޮށް ސައުތު މާލެ ލީގުގެ ޗެންޕިއަންކަން އޮޅުވެލިން ހޯދައިފި

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގު ފައިނަލުގައި މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި އިތާފުށި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮލުވެލިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އިތާފުށި މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ދެެޗުން ހޯދި ދެ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.އަދި މިދެޓީމު ލީގުބުރުގައި ވާފަކުރި މެޗު ސީދާ ތިން ސެޓުނަ ކާމިޔާބުކުރީއޮޅުވެލިން މެވެ.

ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓުގައި 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިތާފުށިންނެވެ. ނަމަވެސް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށް އޮޅުވެލިމޯލްޑިވްސް އިން ވަނީ މެޗުގެ ލީޑުހޯދާފައެވެ.

އެގޮތުން މެޗުގެ ދެވަނަ ސެޓް 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-25 ނަތީޖާއަކުން އޮޅުވެލިން ކާމިޔާބުކުރިއިރު، މެޗުގެ ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މެޗު ހަތަރުވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 25-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިތާފުށި އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް 10-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޅުވެލި މޯލްޑިވްސް އިން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ ޓްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ސައްދާމް ހުސެއިން (އިތާފުށި، މުހައްމަދު ސޮބާހު (އޮޅުވެލި)، އިބްރާހިމް ޝާން ޝިޔާމް (ކަނޑޫމާ)، މާރިފް އަލީ ނަސީރު (އޮޅުވެލި)، އައި ކޮމަންގް (އޮޅުވެލި), އަބްދުالله ޝާކިރު (އިތާފުށި) އެވެ. އަދި ބެސްޓް ލިބަރޯއަކީ މުހައްމަދު ޔޫސުފް(އިތާފުށި) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް މުހައްމަދު ޖަޒްލާން ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މުހައްމަދު ޝިޔާމު (އޮޅުވެލި މޯލްޑިވްސް) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާރިފް އަލީ ނަސީރު (އޮޅުވެލި މޯލްޑިވްސް) އެވެ.

4 ޖުލައި 2025 އިން 10 ކުލައި 2025 ގެ ނިޔަލަށް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މިމުބާރާތުގައި މިއަހަރު ތިން ޓީމަކުން ބައިވެރިވިއިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.