29 Jul 2020 | 16:50
ޑިސްކަވަރ ހުވަދޫގެ ނަމުގައި ޚާއްސަ ޑައިވިންގ ހަރަކާތެއް ބާއްވަނީ

ހުވަދު އަތޮޅުގެ ހުރިހާ ކަނޑުއޮޅިތަކަށް ފީނުމުގެ ޙަރަކާތެއް ދިވެހި މަސްވެރިންގެ ޖަމުޢިއްޔާއިން "ޑިސްކަވަރ ހުވަދު"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާމަހުގެ 29 އިން ފެށިގެން އޮގަސްޓް 3ގެ ނިޔަލަށެވެ.

މިޙަރަކާތަކީ، ދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް - ކޮމިއުނިޓީ ބޭސްޑް އެޑަޕްޓޭޝަން ޓު ކްލައިމަޓް ޗޭންޖް (ސިޑްސް ސީ.ބީ.އޭ) ޕްރޮގްރާމްގެ ދަށުން ގެންދެވޭ ޙަރަކާތެކެވެ. އޮސްއެއިޑްގެ އެހީގެ ދަށުން ޔޫ.އެން.ޑީ.ޕީ. ގެ ސުމޯލްގްރާންޓްސް ޕްރޮގްރާމްއިން ހިންގޭ ޕްރޮގްރާމެއްކަމަށްވާ ސިޑްސް ސީ.ބީ.އޭ ޕްރޮގްރާމުގެ މަޤްސަދަކީ، މޫސުމަށް އަންނަބަދަލުތަކާއި ގުޅިގެން ކުރާނެ އަސަރުތަކާއި، އަދި ދިމާވެދާނެ ހާލަތްތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމާއި، ތައްޔާރުވުމާއި، ހޭނުމެވެ. އަދި ދިރުންތަކާއި، ޤުދުރަތީ މާހައުލު ރައްކާތެރިކޮށް، އާމްދަނީ ހޯދޭނެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމެވެ. މިގޮތުން އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއިއެކު، ޔޫ.އެން.ޑީ.ޕީ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ދަށުން، ދިވެހި މަސްވެރިންގެ ޖަމުޢިއްޔާއިން ކުރިއަށްގެންދާ "ޑިސްކަވަރ ހުވަދު" ޙަރަކާތުގައި ހުވަދުއަތޮޅުގެ ވަށައިގެންވާ ކަނޑުއޮޅިތަކަށް ފީނުމުގެ އިތުރުން، ޑައިވްކުރުމުގައި ދިމާވާ އެކިކަންކަމަށް މަސްވެރިންނާއި ޑައިވަރުން ހޭލުންތެރިކުރުމަށް ޙާއްޞަ ޙަރަކާތެއް ކުރިއަށް ގެންދާނެއެވެ. އަދި ޑައިވްސައިޓްތަކުގެ ޢިލްމީ ދިރާސާއަކާއިއެކު މިޙަރަކާތާގުޅޭ ޙާއްޞަ ޑޮކިއުމެންޓްރީތަކެއް އުފައްދާނެއެވެ.

ހޭލުންތެރިކުރުވުމުގެ ޙަރަކާތުގައި މަސްވެރިކަންކަމަށް ބޭނުންވާ އެންހިފުމަށްޓަކާ ޑައިވްކުރާއިރު، ޑައިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ޑައިވްކުރުމަށްޓަކާ ޑައިވްކޯސްހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މިހޭލުންތެރިކުރުވުމުގެ ކެމްޕެއިން ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފަންނީ މާހިރުން މި ކެމްޕެއިންގައި ބައިވެރިވާ ގޮތަށެވެ.

ހުވަދުއަތޮޅަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު މުރަކައިގެން އަތޮޅެވެ. އަދި އެއްއަތޮޅެއްގައި އެންމެ ގިނަ ރަށްތައް އުފެދިފައިވާ ހަމައެކަނި އަތޮޅަށްވުމުގެ ޝަރަފާއިއެކު ވޯލްޑް ރެކޯޑް ފޮތުން ޖާގަހޯދާފައިވާ އަތޮޅެކެވެ. ރާއްޖެއަށް ފީނުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު "ޑީޕް ސައުތް"ގައި ހިމެނޭ ހުވަދުއަތޮޅަކީ، ޑައިވް ސައިޓްތައް ގިނަ އަދި ޤުދުރަތީ ރީތިކަން ލިބިފައިވާ ފަރުތަކާއި ރަށްތައް އެކުލެވިގެންވާ އަދި ދޫނިތަކަށް ޙާއްސަ ރަށްތަކެއްވެސް ހިމެނިފައިވާ އަތޮޅެކެވެ.

"ޑިސްކަވަރ ހުވަދޫ"ގެ ތެރެއިން މިޑައިވްސައިޓްތަކުގެ ހާލަތު ދެނެގަނެވި، ޢިލްމީ ގޮތެއްގައި އެތަންތަނުގައި ހުރި ދިރުންތަކާއި ގުޅޭގޮތުން ދިރާސާއެއް ކުރުމަށް ޑާޓާ އެއްކުރެވިގެންދާނެއެވެ. މިޢިލްމީ ދިރާސާ ކުރިއަށްދާނީ މިކަމުގެ ފަންނީ މާހިރުންގެ އިރުޝާދާއި އެއްގޮތަށެވެ.

މި ޙަރަކާތުގައި ޑައިވްތައް ކުރިއަށްދާނީ މިކަމުގެ އެންމެ މަތީ މިންތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ. މިގޮތުން ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުން މިޙަރަކާތުގައި ބައިވެރިވާނެއެވެ. މައިގަނޑު ގޮތެއްގައި ޑައިވްތައް ކުރިއަށްދާނީ މަސްވެރިންގެ ޖަމުޢިއްޔާއިން ހޮވާލެވޭ ޑައިވަރުންނާ އެކުގައެވެ.

މިފަދަ ޙަރަކާތެއް ކުރިއަށް ގެންދަނީ، މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކާއެކުގައެވެ. މި ޙަރަކާތުގައި މާލެއިން ބައިވެރިވާ އެކްސްޕާޓުންގެ ޓީމުގެ ޑައިވް ޙަރަކާތްތައް ހުވަދުއަތޮޅުގެ ދެކުނުބިތުގައި މިހާރުދަނީ ކުރިއަށެވެ. މިޓީމުގައި ހިމެނެނީ އަންޑަރވޯޓަރ ވީޑިއޯގްރާފަރަކާއި، އެންވަޔަރަމެންޓަލް އެކްސްޕާޓެއްގެ އިތުރުން ކޮމިއުނިކޭޝަންސް ސްޕްޝަލިސްޓެކެވެ.

މިޙަރަކާތުގެ ޕާޓްނަރުންނަކީ މެރިން އިކުއިޕްމެންޓްސް، އަޕްނިއާ މޯލްޑިވްސް، އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. މިޙަރަކާތް އިންތިޒާމް ކުރަނީ ޓާކޮއިޝް ލެބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.