ރައީސް ނަޝީދު އަނެއްކާވެސް ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ވާހަކަ ދައްކަވައިފި

30 Jul 2020 | 15:00

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމަކަށް ހެދުމަށް ތާއިދުކުރައްވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވާހަކަ ދައްކަވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވާހަކަދެއްކެވީ ރޭ އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަކުރު އެނގެން ފެށުނު ހިސާބުން ފެށިގެން ގައުމެއްގައި ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމްކަމަށް ދެކިލައްވާކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު މީގެ ކުރިންވެސް ތަކުރާރުކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މީޑިޔާތަކާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވަނީ މިވަގުތު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި މެދު ވިސްނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނިޒާމް ބަދަލުކުރުމަށް ޖެހިއްޖެނަމަ އަނެއްކާވެސް ދާންޖެހޭނީ ރައްޔިތުންގެ ގާތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް