Advertisement

މަގުމަތީގައި މާސްކް ނާޅާ އުޅޭ ފަރާތްތަކުން ޖޫރިމަނާ ކުރާނެ!

31 Jul 2020 | 01:54

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގެ މަގުމަތީގައި މާސްކް ނާޅާ އުޅޭ ފަރާތްތަކުން ޖޫރިމަނާކުރުމަށް ނިންމައިފިއެވެ.

މިރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިރެއިން ފެށިގެންވެސް މަގުމަތީގައި މާސްކް އެޅުމަކީ މަޖުބޫރު ކަމަކަށް ވާނެކަމަށެވެ. 

ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅައި މަގުމަތީގައި އުޅޭ ފަރާތްތަކުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިކަން ތަންފީޒުކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާނެކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ މަގުބޫލު އުޒުރެއް ނެތި ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި މެދުގައިވެސް ފުލުހުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.


Advertisement

ކޮމެންޓް