ފުރަތަމަ ދުވަހު ޖޫރިމަނާގެ ގޮތުގައި 4000 ރުފިޔާ!

02 Aug 2020 | 05:42

މާސްކު އެޅުން މަޖުބޫރުކޮށް އިއްޔެ އެ އުސޫލަށް އަމަލުކުރަން ފެށި ފަހުން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކް ނާޅާއި އުޅުން 116 މީހަކު ފާހަގަކުރެވި އެމީހުންނަށް ފުލުހުން ނަސޭހަތްތެރިވި ކަމަށެވެ.

އަދި އިއްޔެ މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް ދެވަނަ ފަހަރަށް ނަސޭހަތް ދިނުމުން ވެސް މާސްކު އަޅާފައިނުވާތީ ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ފުލުހުން ވަނީ ފަށާފައެވެ.

Advertisement

ކޮމެންޓް

Advertisement