05 Aug 2020 | 12:50
ކާފިއުގެ ވަގުތުގައި މީޑިޔާ ފާހާއި އެކު ނޫސްވެރިންނަށް މަސައްކަތުގައި ހަރަކާތްތެރިވެވޭނެ: އެމްއެމްސީ

ކޮވިޑް-19ގެ ބައްޔާއި ގުޅިގެން މާލޭ ސިޓީގައި ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ނޫސްވެރިންނަށް މީޑިއާ ފާސް ހިފައިގެން މަސައްކަތުގައި ހަރަކާތްތެރިވެވޭނެކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިންނަކީ ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް އެންމެ އިސްސަފުގައި ޚަބަރާއި މައުލޫމާތު ހޯދައި އާންމުންނަށް ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، ނޫސްވެރިން މި ހާލަތުގައިވެސް މަގުމައްޗާއި އާންމު ތަންތަނުގައި ހަރަކާތްތެރިވާން ޖެހޭކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނީއްސުރެ އެކަމާއި ގުޅޭ ޚަބަރާއި މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭން މިހާތަނަށް ދިވެހި ނޫސްވެރިން ކޮށްފައިވަނީ ފުރިހަމަ ގައުމީ މަސައްކަތެއްކަމަށް ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނީ މާލޭ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުގައިވެސް ނޫސްވެރިންނަށް، އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިޔާގެ ފާސް އަޅައިގެން ބޭރުގައި މަސައްކަތުގައި ހަރަކާތްތެރިވުމަށް އެއްވެސް ހުރަހެއް ނެތްކަން ފުލުހުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ހާލަތުގައި މަސައްކަތް ކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް މީޑިޔާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކް އަޅައި، އަތް ސާފުކޮށް ސެނިޓައިޒްކުރަން ވަނީ އިރުޝާދު ދީފައެވެ.

އެމްއެމްސީގެ ބަޔާން ނިންމާލަމުން ވަނީ ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެެއްޓުމަށާއި، އެ ފާސް ނަހަމަ ގޮތުގައި ބޭނުން ނުކުރަން އިލްތިމާސްކޮށްފައެވެ. އަދި ކޮވިޑް-19 އާއި ގުޅޭ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމަށާއި ގައުމީ މަސްލަހަތު އިސްކޮށް ސައްހަ މައުލޫމާތު ފަތުރަންވެސް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
18 Jun 2026
އަބުރުވެރިކަމަކީ އެންމެންގެ ހައްގެއް، އެކަން ކަށަވަރުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ
އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Jun 2026
މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
18 Jun 2026
ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި، ހަތަރު ކާރު ބޭނުންކުރާނެ
މާލެ ޓެކްސީ ލައިން ހިންގާ އެމްޓީސީސީން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ ކަމަށެވެ. އެއީ ދެ ސައިޒެއްގެ ކާރުތަކެވެ.
18 Jun 2026
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި
އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
18 Jun 2026
ސަރުކާރު ވައްޓާލާކަށް ނޫޅެން، ހަމަނުޖެހުމެއް ނުއުފައްްދާނަން: ނަޝީދު
"އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސްކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް, މުޒާހަރާއެއް, އަޑު އުފުލުމެއް," ނަޝީދު ވިދާޅުވި އެވެ.
18 Jun 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގަނެފި
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
18 Jun 2026
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައެވެ.