ޑަބްލިޔުއެޗްއޯގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ މަންދޫބު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

05 Aug 2020 | 23:44

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ މަންދޫބު ޑރ.އަރްވިންދު މާތުރް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ދެ އޮންލައިން ނޫހެއްކަމަށްވާ "ސަން" އަދި "ވަގުތު" އިން ވަނީ މިކަން ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ޕޮޒިޓިވްވާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 29 ވަނަ ދުވަހުގައި އެބޭފުޅާ ވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އެހެނިހެން އިސް ފަރާތްތަކާއި އެކުގައި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. ނަމަވެސް މި ބައްދަލުވުމުގައި ހުރިހާ ފަރާތްތަކުންވެސް ތިއްބެވީ މާސްކް ތުރުކުރައްވައިގެންކަން ފާހަގަކޮށްލެވެއެވެ.

މިއަދު ދިވެހިރާއްޖެއިން ކޮވިޑް-19އަށް ވަނީ ޖުމްލަ 148 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. 

Advertisement

ކޮމެންޓް