07 Aug 2020 | 18:20
ހެލްތު މިނިސްޓްރީގެ އާ ކޮންފަރެންސް ރޫމް އާންމުންނަށް ކުއްޔަށް ދޫކުރާނެކަމަށް ބުނެފި

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގައި ގާއިމްކޮށްފައިވާ އާ ކޮންފަރެންސް ރޫމް އާންމުންނަށް ކުއްޔަށް ދޫކުރާނެކަމަށް ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިނިސްޓަރގެ ކޮޓަރިކޮޅު ކަމަށްބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދަނީ ސައްހަ ނޫން ފޮޓޯތަކެއް ކަމަށެވެ. 

އަދި އެ މިނިސްޓްރީގައި އަލަށް ހެދުނު ކޮންފަރެންސް ރޫމްގައި ހެލްތު މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށްވެސް ކުއްޔަށް ދޫކުރެވޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތަށް ލިބޭ ފައިސާތައް ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ހެލްތު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން އިތުރަށް މައުލޫމާތު ދިންގޮތުގައި މި ރޯޝަނީ ބިލްޑިންގގެ 9ވަނަ ފަންގިފިލާގައި ގާއިމްކުރެވުނު މި ކޮންފަރެންސް ރޫމަށް ދެވިފައިވާ ނަމަކީ މޫމިނާ ހަލީމް މާލަމެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކުރެވިގެން ދެވިފައިވާ ނަމެކެވެ.

މި ކޮންފަރެންސް ރޫމް ހެދުމަށް ނިންމީ މިނިސްޓްރީގެ ޚަރަދުތައް ކުޑަކުރުމުގެ ނިޔަތުގައިކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މިތަން ހެދުމަށް ހިނގައިދިޔަ ފައިސާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jun 2026
ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ
16 Jun 2026
އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހެވެ
16 Jun 2026
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 19.1 ބިލިއަން ރުފިޔާ
ފިނޭންސުން ބުނީ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާ ކަމެވެ
16 Jun 2026
ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ރައީސްގެ މެސެޖްގައި ވިދާޅުވީ، މިއީ މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށެވެ
16 Jun 2026
ނިއުޒިލެންޑާ ކުޅެ އެއްވަރުވި ނަމަވެސް، އީރާން ޓީމްގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް
މި މެޗަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗްކަން ފާހަގަކޮށްލެވެއެވެ
16 Jun 2026
އެމެރިކާގެ އަސްކަރީ ބޯޓު ވެއްޓި އެންމެން މަރުވެއްޖެ
އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް ކެލިފޯނިއާގެ އެޑްވާޑްސް ވައިގެ މަރުކަޒުން ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ވެއްޓި ބޯޓުގައި ތިބި އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
16 Jun 2026
ސައުދީ އުރުގުއޭ މެޗް އެއްވަރު، ހުރިހާ ތައުރީފެއް ސައުދީގެ ކީޕަރަށް
މެޗްގައި ތަރިއަކަށް ވެގެންދިޔައީ ސައުދީގެ ގޯލް ކީޕަރު މުހައްމަދު އަލް-އުވައިސް އެވެ. މިމެޗްގައި އޭނާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ
16 Jun 2026
ކޭޕް ވާޑޭގެ ކީޕަރުގެ އިސްޓަގްރާމް ފޮލޯވަރުން 45،000 އިން 5 މިލިއަނަށް
ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭން ރޭ ކުޅުނު ފޯރިގަދަ މެޗަށްފަހު، އެ ގައުމުގެ ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.