Advertisement

ތ. ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

16 Aug 2020 | 15:05

ތ. ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ދިޔަމިގިލި ޒުވާނުނާއި ކައުންސިލުން އެދުނު ގޮތަށް ކަމަށެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި އަދިވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ.

ހަމައެހެންމެ ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީސް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ލޯންސްޓަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

Advertisement

ކޮމެންޓް

Advertisement