އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރާވަޑައިގެންފި

18 Nov 2018 | 02:45

ދިވެހިރާއްޖޭގެ ރައީސްއުލްޖުމްހޫރިއްޔާކަމައި އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވަޑައިގަތުމަށް މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެނބުރި ގައުމަށް ފުރާވަޑައިގަންފިއެވެ.

މޯދީ ރާއްޖެ ވަޑައިގެން ހުންނެވި މަދު ވަގުތުކޮޅުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މޯދީ ވަނީ ރައީސް ސޯލިހުއަށް އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތުވެސް ދެއްވާފައެވެ. 

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވުނު ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީގެ އިތުރުން އެކި ގައުމުތަކުގެ އިސްވެރިންވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Advertisement

ކޮމެންޓް

Advertisement