ކްރިމިނަލް ކޯޓް/ ފޮޓޯ/ ވޮއިސް
ހަބަރު
25 Apr 2024 | 16:36
މޫސަގެ މަރު: އެކަކު ޖަލަށް، ދެންތިބި ދެމީހުން މިނިވަންވެއްޖެ!

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލުމުގައި ބައިވެރިވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ، ސ. ހިތަދޫ މުޑުދާސްގޭ އަލީ ހަސަންއާއި، ނ. ޅޮހީ ކަނީރުމާގެ، މުޙައްމަދު ރިޔާޟްއާއި، މ.ދިއްގަރު ދެބުދާރުގޭ އަޙްމަދު އިޖާދު މުޙައްމަދުގެ މައްޗަށެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ސ. ހިތަދޫ ގުލްބަކާގޭ މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަގްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އަދި މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް ކޮށްފައެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އަހުމަދު މޫސާ މަރުގެ މައްސަލައިގައި މޫސަ މަރާލުމުގައި ބައިވެރިވުމުގެ އަމަލެއް ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިވަނީ އަލީ ހަސަންގެ މައްޗަށް އެކަނި ކަމަށެވެ. އެހެނީ މޫސާއަށް ހަމަލާދިން މީހެއް ކުށުގެ އަމަލު ހިނގިތަނަށް ގެންގޮސްދިނުމާއި ފުނަ ގޯޅިން މޫސަގެ ފަހަތުން އޭނައަށް ހަމަލާދިން މީހަކާއެކު އަލީ ހަސަން ސައިކަލުގައި ގޮސްފައިވުމަކީ އެ ކުށުގައި ބައިވެރިވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ސާބިތުވާ ކަމަށް ބުންޏެވެ. 

އެހެންނަމަވެސް، ކުށުގައި ބައިވެރިވުމުގެ އަމަލެއް ރިޔާޒާއި އިޖާދު ކޮށްފައިވާކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމުގައިވެއެވެ.

މި ކުށަށް ކަނޑައެޅިފައިވާ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވާއިރު ދައުލަތުން ވަނީ އަލީ ހަސަނަކީ ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްކަމަށްވާތީ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބެއް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް ކޯޓުން ނިންމީ އޭނާއަށް 15 އަހަރު ދުވަހުގެ ޖަލު އަދަބެއް ދިނުމަށެވެ. އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އަށް އަހަރާއި ހަ މަހާއި އެއް ދުވަހެވެ.

އެ މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް އުފުލިއެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ 22ގައި ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.