29 Aug 2020 | 19:57
މި ހާލަތުގައި އެއްވެ އުޅުމަކީ ޒިންމާދާރުކަމެއް ނޫން: ރައީސް ޞާލިހް

ކޮވިޑް-19ގެ ބަލިމަޑުކަން މިހާ ބޮޑުވެފައިވާ ދުވަސްވަރެއްގައި ގިނަ ބަޔަކު ތަންތަނަށް އެއްވެ ހެދުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކެފޭ ޓިއޯލޯ އަދި އެސްބީއައި ބިލްޑިންގގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފްއިން ކުރަމުންދިޔަ މަސައްކަތް ބެއްލެވުމަށް އެ ސަރަހައްދަށް ވަޑައިގަތުމަށްފަހު މީޑިޔާތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ މި އަލިފާންގަނޑުގެ 95 އިންސައްތަ މިހާރު ނިއްވާލެވިފައިވާ ކަމަށާއި، މި ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ކެފޭގައި ކަމަށެވެ. ރައީސް ޞާލިހް ވިދާޅުވީ އެ ސަރަހައްދުގައި އުޅޭ މީހުން ފިޔަވައި އެހެން ފަރާތްތަކުން ގެއަށް ދިއުމަށް އެދިލައްވާ ކަމަށެވެ. އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އަމަލުކުރާ ފަރާތްތައް އެބައުޅޭ ކަމަށާއި، އެގޮތުން މިއަދުވެސް އިސް ފަރާތްތަކަކުން މާސްކް ނާޅައި ގިނަ ބަޔަކު އެއްކޮށް މިއަދުވެސް ހަރަކާތެއް ބާއްވާފައިވާ ކަމަށެވެ. އަދި އެކަމާއި މެދު ހިތާމަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މުޒާހަރާ ކުރުމާއި ހިޔާލު ފާޅުކުރުމުގެ ކަންކަން އޮންނާނެކަމަށާއި އެކަމަކީ ސަރުކާރުން ހުއްޓުވާނެ ކަމެއް ނޫންމަމަށެވެ. އެކަމަކު މިހާރު އޮތް ހާލަތުން އެއްވެ، އުޅުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެޗްޕީއޭގެ އެއްވުމާއި ޚިލާފްވާ ހުރިހާ ފަރާތްތަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބަލަމުން މިގެންދަނީ ލޮކްޑައުނަކަށް ނުގޮސް ވޭތޯކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. 

ފޮޓޯ: ވަގުތު

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.