31 Aug 2020 | 01:29
ޝުޖާއު މާސްކު ނޭޅުމުން ޖޫރިމަނާގެ ބަދަލުގައި ފުލުހަށް ހާޒިރުކުރުމަށް ޗިޓުފޮނުވައިފި

ސަރުކާރާއި ވާދަވެރި ޕީޕީއެމް/ ޕީއެންސީ ކޯލީޝަނުން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.

ފުލުހުން އިއްޔެ މުޒާހަރާއަށްފަހު ވަނީ އެޗްޕީއޭގެ މިންގަޑުތަކާއި ހިލާފަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

މާސްކު ނޭޅުމުން މިހާތަނަށްވެސް ފުލުހުން ކުރަމުން އަންނަނީ އެއްހާސް ރުފިޔާގެ ޖޫރިމަނާއެއް ނަމަވެސް އިދިކޮޅު ސިޔާސީ ފާޓީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ޝުޖާއުއަށް މިއާއި ހިލާފަށް ވަނީ ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ.

އިއްޔެ ބޭއްވި ”ގައުމު ވިއްކާލުމާއި ދެކޮޅަށް” ނަމުގައި ބޭއްވި މި ސައިކަލު ބުރުގައި ވަނީ ރައީސް ޞާލިހްގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު ސައިކަލުގައި ބުރުގައި ބައިވެރިވެފައެވެ.

އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެފައިވާކަމަށް ޝުޖާއުއަށް ޗިޓް ފޮނުވާފައިވާ އިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކާއި މެދު ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުންވެސް ފުލުހުންގެ މީޑިއާއިން ޖަވާބެއް އަރުވާފައެއްނުވެއެވެ.

މީސް މީޑިޔާގައި އިދިކޮޅު ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފްވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެމަނިކުފާނުގެ ދެރަދުން ފޮތުގައި ސޮއިކުރުމުގެ ހަރަކާތްތަކާއި، އިއްޔެ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވިއިރުވެސް މާސްކް އެޅުން ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.