30 Aug 2020 | 18:57
ސިނަމާލެ ބްރިޖް އިފްތިތާހުކުރިތާ ދެ އަހަރު: އާންމުންނަށް ބޮޑެތި ފަސޭހަތަކެއް!

މާލެ އަދި ހުޅުމާލެ ގުޅުވާލަދޭނެ ބްރިޖެއް ނުވަތަ ދާލަމެއް އަަޅާނެކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެކަމުގެ ވިސްނުން އެންމެ ފުރަތަމަ ދެކެލެއްވި ލީޑަރަކީ ކޮބައިކަމާއި މެދު ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. އެހެނަސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30ވަނަ ދުވަހުގައި ސިނަމާލެ ބްރިޖް ނުވަތަ ރަސްމީ ނަމުންނަމަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އިފްތިތާހުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

24 ޑިސެމްބަރު 2015ގައި މި ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެންދިޔައިރު، މިކަން ވެގެންދިޔައީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކަށް ހުޅުމާލޭގެ ރަށްވެހިން ކުރަމުންދިޔަ އުންމީދުގައި ކުލަޖެހެން ފެށުމަށެވެ. މި މަޝްރޫއުގެ ފައިނޭންސަށް ބަލާލާއިރު، ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހިލޭ އެހީގެ ގޮތުގައި 116 މިލިޔަން ޑޮލަރު ދިނެވެ. އަދި ޗައިނީޒް އެގްޒިމް ބޭންކުން ލޯނުގެ ގޮތުގައި 72 މިލިޔަން ޑޮލަރު ދިންެއިރު، މިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން 12 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. 

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ މި ޕްރޮޖެކްޓްގެ މަސައްކަތްކޮށްފައިވަނީ މިފަދަ ބޮޑެތި މަސައްކަތްތަކެއް މީގެ ކުރިންވެސް ކޮށްފައިވާ ޗައިނާގެ  ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (ސީސީސީސީ) އެވެ. އެކުންފުނިން ފާހަގަކުރާ ގޮތުގައި މިއީ މިހާތަނަށް އެކުންފުނިން ކުރި އެންމެ ބުރަބޮޑު އަދި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު މަޝްރޫއުއެވެ. 

ބައިނަލްއަގްވާމީ ފަރާތްތަކުންނާއި ޗައިނާއިން މި މަޝްހޫރު ދެކެނީ އެގައުމުގެ 21 ވަނަ ގަރުނުގެ ސިލްކް ރޯޑް އިނީޝިއޭޓިވްގެ މުހިންމު ބައެއްގެ ގޮތުގައެވެ. އެހެނަސް ބައެއް ފަރާތްތަކަށް މިއީ ޗައިނާއިން ތޫނު ވިސްނުމަކާއި އެކު، ދިވެހިރާއްޖެ އެގައުމުގެ ދަރަނީގެ ދަންތުރައިގައި ޖައްސަން ހިންގި ނުރައްކާތެރި ޕްރޮޖެކްޓެކެވެ.

މީގެ ދެ އަހަރު ކުރިން މި ބްރިޖް އިފްތިތާހުކުރުމަށްފަހު، އާންމު ދަތުރުފަތުރަށް މި ބްރިޖް ރަސްމީކޮށް ހުޅުވާލީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ.

މި ބްރިޖް ހުޅުވިގެން ދިއުމާއި އެކު މާލެ ސަރަހައްދުގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން މީގެ ކުރިން ކޮންމެ ދުވަހަކު ކަނޑުމަގުން ދަތުރުކުރުމުގެ ބުރައަށް ހުޅުމާލެއަށް ބަދަލުނުވެވި ގިނަބަޔަކު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރަން ފެށިއެވެ. އަމިއްލަ ވެހިކަލްގައި އަދި ބަހުން ބްރިޖް މަތިން ދަތުރުކޮށްފައި ދެވޭނެތީއެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ އަގު ކުޑަކޮށް އުފުލުނަސް، މާލެއިން އެ އަގު ދުވަސްކޮޅަކަށް ތިރިވިއެވެ.

މިއާއި އެކު ބްރިޖްގެ ސަބަބުން މާލެ އަދި ހުޅުމާލޭގެ ވިޔަފާރިތަކަށްވެސް ބޮޑެތި ފައިދާތަކެއް ވެގެންދިޔައެވެ. އެގޮތުން ވަކިން ޚާއްސަކޮށް ބްރިޖް ހުރަސްކޮށްލާފައި ރަހުމަތްތެެރިންނާ ލޯބިވެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށްދާ ފަރާތްތަކުގެ ސަބަބުން ހުޅުމާލޭގެ ކެފޭ އަދި ރެސްޓޯރެންޓްތަކަށް ބޮޑު އާމްދަނީއެއް ލިބިގެންދިޔައެވެ. ހުޅުމާލޭގެ ބީޗްގައި ހެދިފައިވާ ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކުރަންދެން އެތަންތަނަށް ކޮންމެ ރެއަކު އަންނަ މީހުންގެ އަދަދުން މިކަމަށް ހެކިވާނެއެވެ. މީގެ އިތުރުންވެސް ބްރިޖާއި އެކު ރަހުމަތްތެރިންނާއި އާއިލާއާއި ދިމާވާން ދަތުުރުކުރި ފަރާތްތަކުގެ އަދަދުވެސް އިތުރުވިއެވެ.

ބްރިޖުން ލިބުނު ފައިދާތަކުގެ ވާހަކަތަކުގެ ވާހަކަ ދައްކާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމަށް އެއާޕޯޓްގެ ފަޔަރ ލޮރީ އަވަހަށް އައުމުގައި ބްރިޖުން ވެދިން އެހީ ފާހަގަކޮށްލަން ޖެހެއެވެ. 

ސިނަމާލެ ބްރިޖް އިފްތިތާހުކުރިތާ މިއަދަށް 2 އަހަރު ފުރުނީއެވެ. އެ ބްރިޖް ވެފައިވަނީ ގިނަބަޔަކަށް ހިނިތުންވުމާއި އުފާ މެދުވެރިކުރުވި ތަނަކަށެވެ. ޗައިނާއާއި ދިވެހިރާއްޖޭގެ ގާތް ގުޅުމުގެ ފުރިހަމަ ރަމްޒަކަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.