04 Sep 2020 | 15:15
މާލެ ރަށްވެއްސެއްގެ ވާހަކަ: ދިރިއުޅުމުގެ ހާލަތުވީ ގޯސް، ޕޮއިންޓް މަދުކޮށް ފްލެޓް ވަނީ ގެއްލުވާލާފައި

ހިޔާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކެޓަގަރީތަކަށް ގެނައި ބަދަލާއި ގުޅިގެން ފްލެޓް ނުލިބޭ އެތައް އާއްމު ފަރާތްތަކަކުން މިހާރު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަރާތްތަކުން ދަނީ ކޮތަރުކޮށި ނަމުގައި ވައިބަރ ކޮމިއުނިޓީގައި އެފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ވޮއިސްނޫހާއި ކޮތަރުކޮށި ވައިބަރ ކޮމިއުނިޓީއާއި ގުޅިގެން އެފަރާތްތަކުގެ ވާހަކަތައް ސިލްސިލާގޮތެއްގައި ގެނެސްދިނުމަށްވަނީ ނިންމާފައެވެ.

މިފަހަރުގެ ވާހަކައަކީ މާލެއަށް އުފަން މާލޭ ރައްޔިތެއްގެ ވާހަކައެވެ. މިފަރާތުން އެދިފައިވަނީ އާއިލީ މަސްލަހަތަށްޓަކައި ނަން ސިއްރުކޮށްދިނުމަށެވެ.

ހަނާ (އަސްލު ނަމެއް ނޫން) ކިޔައިދިންގޮތުގައި އޭނާ އުޅެބޮޑުވީ ދޮންބައްޕަގެ ގޭގައެވެ. އުމުރުން ވިހިއަހަރުގައި ކައިވެނިކުރުމަށްފަހު ދިރިއުޅުން ބަދަލުވީ ފިރިމީހާގެ ގެއަށެވެ. މިހާރު ދެކުދިން ތިބިއިރު ވަރިވިތާ ހަތަރު އަހަރު ވެއްޖެއެވެ. އެކަމަކު ދާނެ އެހެން ތަނެއް ނެތުމާއެކު އަދިވެސް ދިރިއުޅެން މަޖުބޫރުވެފައިވަނީ ހަމަ އެގޭގައެވެ.

"އަޅުގަނޑާއި ދެކުދިން ދިރިއުޅެނީ ކުދިންގެ ބައްޕަގެ ގޭގެ 8ފޫޓު 7ފޫޓުގެ ކޮޓަރިއެއްގައި. ފާހާނާ ކުޑަކަމުން ހުޅުވޭދޮރެއް ހަރުނުކުރެވޭތީ އެކަކު ފާހާނާއަށް ވަނީމާ އަނެކަކު ހުންނަންޖެހޭނީ ބޭރުގަ. އަޅުގަނޑު މިހާރު ވަރިވެފައި ހުންނަތާ ހަތަރު އަހަރު. އެކަމަކު މިތަނުގައި ދިރިއުޅެނީ ދާނެ އެހެންތަނެއް ނެތީމަ" ހަނާ ކިޔައިދިނެވެ.

ހަނާ ބުނިގޮތުގައި ފްލެޓް ލިބޭތޯ ފޯމު ހުށައަޅާތާ 25އަހަރު ވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް ނުލިބޭތީ އުއްމީދު ގެއްލިފައި ހުއްޓާ އުއްމީދުއާވީ 2018ވަނަ އަހަރު 7000ފްލެޓްގެ ތެރެއިން މާލެ ރަށްވެހިންގެ ކެޓަގަރީއިން ހޮވުނީމައެވެ. އަދި އެފަހަރު ފްލެޓް ލިބޭނެކަމުގެ ލިޔުންވެސް ސަރުކާރުންވަނީ ހަވާލުކޮށްފައެވެ. ލިޔުން ދީފައި އޮތީމާ ހުރީ ލިބޭނެކަމަށް ބަލައިގެންނެވެ.

2018ވަނަ އަހަރު 7000ޔުނިޓުގެ ތެރެއިން މާލެ ރަށްވެހިންގެ ކެޓަގަރީއިން 1000އާއިލާއަކަށް އަދި 2500ޔުނިޓުގެ ތެރެއިން މާލެ ރަށްވެހިންގެ ކެޓަގަރީއިން 1000އާއިލާއަކަށްފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓު ގެޒެޓުކޮށް އެފަރާތްތަކަށް ލިޔުން ހަވާލުކުރިއެވެ. 7000ޔުނިޓުން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހަނާ ހިމެނުނެވެ.

ސަރުކާރު ބަދަލުވުމަށްފަހު ފްލެޓްތަކަށް މާކްސްދިންގޮތުގައި މައްސަލަތަކެއް އުޅޭކަމަށްބުނެ އެމައްސަލަތައް ބަލާ ލިސްޓު އިސްލާހު ކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އުފެއްދިއެވެ. މިކޮމިޓީއިން ދިރިއުޅުމުގެ ހާލަތަށް މާކްސްދީފައިވާގޮތް ރަނގަޅުނޫންކަމަށް ބުންޏެވެ. އަދި ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތަށް އަލުން މާކްސްދިނެވެ. އެހެންނަމަވެސް މާކްސްދޭ މިންގަނޑު ބަދަލުކުރިގޮތާއި މާކުސް ދިނުމުގައި ޕޮއިންޓް ތަފާތުވާނެ ގޮތެއް ނުބުނެއެވެ.

މިދިޔަ ހޯމަދުވަހި މިކޮމިޓީއިންވަނީ 7000ޔުނިޓަށް ހޮވުނު ހަތަރު ކެޓަގަރީއަކަށް ޕޮއިންޓްލިބޭ ގޮތުގެ ލިސްޓެއްވަނީ ނެރެފައެވެ. އަދި ކެޓަގަރީތަކުގެ އަދަދަށް ބަދުލުވެސް ވަނީ ގެނެސްފައެވެ. އެގޮތުން އެހެން ކެޓަގަރީތަކުން އުނިކުރުމަށްފަހު މާލެ ރަށްވެހިންގެ ކެޓަގަރީއަށް %70 އިތުރުކޮށްފައިވާކަމަށް މިނިސްޓަރ އަސްލަމްވަނީ ވިދާޅުފައެވެ. އެހެންކަމުން މިހާރު 7000ޔުނިޓުން މާލެ ރަށްވެހިންގެ ކެޓަގަރީއިން ޖުމްލަ 1772ފްލެޓް ދޭގޮތަށްވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ލިސްޓު ނެރުނުއިރު ހަނާއަށް ލިބުނު ޕޮއިންޓުން ދިރިއުޅުމުގެ ހާލަތަށް 18ޕޮއިންޓް އުނިވެ ލިސްޓުގެ ފުރަތަމަ 2000މީހުންގެ ތެރޭގައިވެސް ނުހިމެނެއެވެ. މީގެ އިތުރުން ކުރިން ދޭގޮތަށް އޮތް 2500ޔުނިޓް މިހާރު ނެތްކަމަށް ބުނަމުންދާއިރު މިއަށްވުރެ ދަށުން ލިބުނު ފަރާތްތަކަށްވަނީ އުއްމީދު ގެއްލިފައެވެ. ފްލެޓް ލިބޭނެ ކަމުގެ ލިޔުންލިބި ދެއަހަރު ދުވަހު އިންތިޒާރުގައި ހުރުމަށްފަހު ހަނާއަށްވެސް މިހާރުވަނީ ފްލެޓް ލިބޭނެކަމުގެ އުއްމީދު ގެއްލިފައެވެ.

"އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑަށް މިވަރަށް ޕޮއިންޓް ކަނޑާލީ އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ކޮންގޮތަކަށް ބަދަލުވެގެންތޯ؟ ހާލަތުވީ ގޯސް. ވަރިކޮށްފައިހުރިއިރު މިތަނުގައި އުޅޭކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން. އެކަމަކު ދާނެ އެހެންތަނެއްވެސް ނެތް" މިއީ ހަނާގެ ޝަކުވާއެވެ. ކަން މިހެންހުރިއިރު މާލެ ރަށްވެހިންގެ ކެޓަގަރީގައި ބޮޑެތި ގެތައް ހުރި ބައެއް ފަރާތްތަށް ލިސްޓުގެ ކުރީގައި ހިމަނާފައިވާކަމުގެ ޝަކުވާތައްވެސް އާއްމު ފަރާތްތަކުން ކުރަމުންދެއެވެ.

ފްލެޓްތަކަށް މީހުން ހޮވާ ކޮންމެ ފަހަރަކުމެ ފެނިގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒުގައި ވަކި ބަޔަކަށް އިސްކަންދީފައިވާތަނެވެ. އާއްމު މީހާއަށް ކުޑަ އަދަދެއް ބާކީކުރާތަނެވެ. ތުންތުންމަތިން މިފަދަ ވާހަކަތައް ތިލަވަމުންދިޔަނަމަވެސް ފްލެޓް ދިނުމުގައި އިންސާފުވެރިކަމާއެކު މަސައްކަތްކުރޭތޯ ފާރަވެރިވާނޭ މުއައްސަސާއެއް ނެތެވެ. އެހެންކަމާއެކު ނުފޫޒުގެ ބޭނުންކޮށް ހައްގުނޫން ބަޔަކަށް ފްލެޓްތައް ދިނުމުން އަނެއްކާވެސް ފެންނަމުންދާނީ އާއްމު މީހާއަށް ފްލެޓްތައް ބޮޑުއަގުތަކުގައި ކުއްޔަށްދޫކުރާ މަންޒަރެވެ.

ސަން ފައިލް ފޮޓޯ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Apr 2026
ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކުގެ މުއްދަތު އިތުރުކޮށްފި އެވެ.
13 Apr 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން ހައެއްގައި ބާއްވަން ނިންމައިފި
ކޮމިޝަނުން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށް އޮންނާނެ ކަމަށެވެ.
13 Apr 2026
މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ.
13 Apr 2026
ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމު އިސްލާހުކުރަން ގޮވާލައި ޕެޓިޝަނެއް
މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު އަންނަ މެއިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާއިރު، އީފާސް މެދުވެރިކޮށްވެސް ޕެޓިޝަނުގައި ސޮއިކުރެވޭނެ
13 Apr 2026
15 މޭގެ ކުރިން އިލެކްޓްރިކް ވެހިކަލްތަކުގެ ބޯޑު ބަދަލު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީގެ ގޮތުގައި ދުއްވާ ވެހިކަލްތަކުގެ އިތުރުން، ޕްރައިވެޓް ވެހިކަލްތަކުގެ ގޮތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައިވެސް ފެހިކުލައިގެ ނަމްބަރ ޕްލެޓް ބޭނުންކުރުމަށް ނިންމާފަ
13 Apr 2026
ރިޔާސީ އިންތިޚާބުގެ ތެރެއިން ރައީސް ސާލިހު ދެއްވި މައާފާއެކު އާސިފް މިނިވަންވިކަން ހާމަވެއްޖެ
މި މައްސަލައަކީ 2019 ވަނަ އަހަރު އއ. މާޅޮހު ކައިރީގައި އޮތް 'ޖަރީ' ނަމަކަށް ކިޔާ ދޯންޏެއްގެ ތެރޭގައި ހިނގި ދީނީ ދެބަސްވުމަކާ ގުޅިގެން، އިސްމާއިލް ހައްމާދު ނަމަކަށް ކިޔާ މީހަކު މަރާލަން އާސިފް ހަމަލާދިން މައްސަލައެއް
13 Apr 2026
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެންޓިބަޔޮޓިކާ ގުޅޭ މައުލޫމާތު ސެޝަނެއް
މި ސެޝަންގެ މަޤްޞަދަކީ އެންޓިބަޔޮޓިކް ޒިންމާދާރު ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުން
13 Apr 2026
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް, ތެލެސީމިއާއަށް ގިނަ ބަދަލުތަކެއް
މި މަސައްކަަތަކީ ކަމާގުޅޭ ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާ އަދި ދިވެހިރާއްޖޭގައި ތިއްބެވި ކަމާ ގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް