09 Sep 2020 | 20:41
ޞާލިހް ސަރުކާރުގެ ކޮރަޕްޝަންގެ ސަބަބުން ފުރަތަމަ ފަހަރަށް އޭޑީބީން ރާއްޖޭގެ ޕްރޮޖެކްޓެއް ހުއްޓުވައިފި

މާލީ އެހީތެރިކަން ފޯރުކޮށްދޭ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ފަންޑުކޮށްފައިވާ މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނިފައިވާތީވެ އެ މަޝްރޫއު ހުއްޓުމަށް އަންގައިފިއެވެ.

މިއީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޮޑު ޖަމާއަތަކުން މިފަދަ ގޮތަކަށް ރާއްޖޭގެ މަޝްރޫއުއެއް ހުއްޓުވި ފުރަތަމަ ފަހަރެވެ.

އޭޑީވީން ހުއްޓުވާފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޝަރުތުހަމަނުވާ ކުންފުންޏަކަށްކަމަށް އޭޑީބީން ބެލި ބެލިލުމުން ހާމަވެފައިވާތީވެ، އެ މަޝްރޫއު އަލުން ހުޅުވާލައިގެން ކުރިއަށް ގެންދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އަންގާފައިވެއެވެ. މިކަން ވަނީ "މިހާރު" ނޫހުން ރިޕޯޓްކޮށްފައެވެ.

ރައީސް ޞާލިހްގެ ސަރުކާރުގެ ކޮރަޕްޝަންގެ މި އަމަލަކީ އެކި މަޝްރޫއުތައް ހިންގަން މީގެ 40 އަހަރު ކުރިން ފެށިގެން ރާއްޖެ އަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންއަންނަނަ އޭޑީބީގެ އިތުބާރު ރާއްޖެއަށް ގެއްލިގެން ދާނެކަމެކެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ފަންޑުލިބުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ.

މި ސަރުކާރުން ކޮރަޕްޝްންގެ ތުހުމަތު ކުރަމުން އަންނަ ރައީސް ޔާމިންގެ ސަރުކާރުން ހިންގާފައިވާ މިފަދަ އެއްވެސް ޕޮރޮޖެއްކެޓެއް ކޮރަޕްޝަނާއި ހެދި ހުއްޓުވާފައިނުވެއެވެ.

އޮޅުވާލުމާއި މަަކަރާއި ޚިޔާނާތުގެ މައްސަލަތަކުގައި އޭޑީބީން އޮންނަނީ ވަރަށް ހަރުކަށި ފިޔަވަޅު އަޅާ ގޮތަށެވެ. އޭގެ ތެރޭގައި އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ޕްރޮޕޯސަލް ރިޖެޓްކުރުމާއި އޭޑީބީން ފަންޑްކުރާ އެއްވެސް މަޝްރޫއަކަށް އެ ކުންފުންޏަށް. ވަކި މުއްދަތެއްގައި ކުރިމަތި ނުލެވުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

މި މައްސަލަ ފެންމަތިވެފައިވެފައިވަނީ ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށް ބުނެ ޝަކުވާކުރުމުންނެވެ.

"ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދި ގޮތާ މެދު ސުވާލު އުފައްދައި "މިހާރު" އާއި "މިހާރު" ން ހިންގާ އިނގިރޭސި ނޫސް "ދި އެޑިޝަން"ގައި ޖެހި ޚަބަރާ ގުޅިގެން އޭޑީބީން ވަނީ، އެނގިފައިވާ ގޮތުގައި، ހަވާލުކުރި ކުންފުނީގެ ޑިއުޑެލިޖެންސާ އެކު އިންޓާނަލް އޮޑިޓެއް ކުރިއަށް ގެންގޮސްފަ އެވެ. އަލުން ހުޅުވާލަން އެންގީ އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފެންނަން އޮތުމުން" މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

އޭޑީބީގެ އެންގުމާ އެއްގޮތަށް އެ މަޝްރޫއު ނެޝަނަލް ޓެންޑާ ބޯޑުން މިހާރު ވަނީ ކެންސަލް ވެސް ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.