07 Sep 2020 | 13:35
ކޮވިޑްގެ ސަބަބުން ދިގު މުއްދަތުގައި ސިއްހަތަށް ކުރާ އަސަރުތައް އަދި ދެނެނުގަނެވޭ: ޑރ.ޝީނާ

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިޖެހުމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ އަސަރުތައް ދެނެގަނެވިފައި ނުވާކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ޝީނާ މިފަދައިން ވިދާޅުވީ ކޮވިޑް-19 ހުއްޓުވުމަށް ދިވެހިރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ތެރެއިން ރޭ ވާހަކަދައްކަވަމުންނެވެ.

ޑރ.ޝީނާ ވިދާޅުވީ މިހާރު ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައިކަމަށާއި، މިމަހުގެ ފަހުކޮޅުގައި ބަލި ފެތުރޭވަރު ދަށްވާން ފަށާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ނަމަވެސް އެކަން ބިނާވެގެންވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް މީހުން އަމަލުކުރުމާއި މެދުގައިކަން ޝީނާ ފާހަގަކުރެއްވިއެވެ. އަދި ވެކްސިނެއް ލިބެންދެން އެ ގައިޑްލައިންތަކަށް އަމަލުކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވިގޮތުގައި ކޭސްތައް އިތުރުވުމުގެ ސަބަބުން ސިއްހީ ނިޒާމަށް އޮތީ ވަރަށް ބޮޑަށް ބުރަވެފައެވެ. އެގޮތުން ޑޮކްޓަރުންނާ، ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަމަށް ރޭ ވާހަކަދައްކަވަމުން ޝީނާ ފާހަގަކުރައްވާފައެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހުރިހާ އެނދެއް ކަހަލަ ގޮތަކަށް ފުރިފައިވާކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ކޮވިޑް-19 ބަލި ދުނިޔޭގައި އުޅޭތާ މިވީ ގާތްގަނޑަކަށް ހަ ވަރަކަށް މަސް ދުވަހެވެ. އެހެންކަމުން މި ބަލީގެ ސަބަބުން އިންސާނާގެ ސިއްހަތަށް ދިގު މުއްދަތަކަށް ކުރާނެ އަސަރުތައް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.