ހޯނޑެއްދޫން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު 35އަށް އަރައިފި

09 Sep 2020 | 10:30

ގދ.ހޯނޑެއްދޫން ފެނުނު ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަދަދު 35އަށް އަރައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މީޑިއާތަކަށް މައުލޫމާތުދެއްވާ ގޮތުގައި އެރަށުން މިހާތަނަށް ވަނީ ޖުމްލަ 35 ކޭސް ފެނިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި އެ ރަށުން 33 ކޭހެއް ދަނީ ބަލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެރަށުން މިއަދު ޕޮޒިޓިވްވެފައިވަނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ. މި ކޭސްތައް އެކަށައަޅާފައިވަނީ ލޯކަލް ޓްރާންސްމިޝަނެއްގެ ގޮތުގައެވެ. މީގެ ތެރެއިން 8 ފަރާތަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަނެއް ދެފަރާތަކީ ސެކަންޑްރީ ކޮންޓެކްޓުންނެވެ.

މި ރަށުން ޕޮޒިޓިވްވި ދެފަރާތެއް ވަނީ ގއ.ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. ގދ.ހޯނޑެއްދޫ މިވަގުތު އޮތީ މޮނީޓަރިންގގެ ހާލަތުގައެވެ.

Advertisement

ކޮމެންޓް