ޕީޕީއެމްއިން މަސައްކަތް ކުރަނީ އައިސިސްއިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް: ރައީސް ނަޝީދު

20 Sep 2020 | 14:09

އިދިކޮޅު ޕީޕީއެމްއިން މަސައްކަތްކުރަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްކަމަށްވާ އައިސިސްއިން ދިވެހިރާއްޖެ ހިފުމުގެ ޕްލޭނަކާއި ދިމާލަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމުން ހަރުކަށި ފިކުރުގެ ފަރާތްތަކަށް އެއްބާރުލުންދީ، އެފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރަނީ އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށްކަމަށާއި އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއްކަމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައްކަމަށްވެސް ސިފަކުރެއްވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަންގެ ފަރާތުން ދަނީ ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement