17 Sep 2020 | 07:27
ބޭލް އެނބުރި ޓޮޓެންހަމްއާ ގުޅުމާއި ގާތަށް

ރެއާލް މެޑްރިޑްގެ ތަރި ގެރެތް ބޭލް އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް އާއި ގުޅުމާއި ގާތަށް ޖެހިލައިފިއެވެ.

2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް އޭރުގެ ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅުނު ބޭލްގެ އޭޖެންޓް ޖޮނަތަން މިކަން ކަށަވަރުކޮށްދެމުން ބުނީ އޭނާ ތަމްސީލް ކުރާ ކުޅުންތެރިޔާގެ ޓްރާންސްފާއާ ގުޅޭ މަޝްވަރާތަށް މަޑު މަޑުން ކުރިއަށްދާ ކަމުގައެވެ.

މިކަމާ ގުޅޭގޮތުން ޖޮނަތަން އިތުރަށް ބުނީ، މިފަހަރު ބޭލް ރެއާލް ދޫކޮށްލުން ވަރަށް ގާތް ކަމުގައެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހު ބޭލް، ޗައިނާ ސުޕަ ލީގްގެ ކްލަބެއް ކަމަށްވާ ޖިއަންގްސޫއަށް ބަދަލުވުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް ރެއާލް ވަނީ އެކަން ހުއްޓުވާފައެވެ.

ރެއާލްއުން 31 އަހަރުގެ ބޭލް އެހެން ކްލަބަކަށް ދޫކޮށްލާނީ ދާއިމީ ނޫނީ ލޯނު އެއްބަސްވުމެއްގެ ދަށުންތޯއާމެދު ސުވާލު އުފެދިފައިވާއިރު މިކަމާ ގުޅޭގޮތުން ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ވަނީ އެއްޗެކޭ ބުނަން ދެކޮޅު ހަދާފައެވެ. މޮރީނިއޯ ބުނީ ބޭލް އަކީ ރެއާލްގެ ކުޅުންތެރިޔެއް ކަމަށައި އެކަމަށް އިހުތިރާމުކޮށް އެހެން ކްލަބްތަކުގެ ކުޅުްންތެރިންނާމެދު އޭނާ ބަހެއް ނުބުނާނަން ކަމުގައެވެ.

ރެއާލްގެ ކޯޗް އަކަށް ހުރިއިރު އޭނާ ބޭލް ގެންނަން އެދުނު ކަމަށައި ނަމަވެސް އޭރު އެކަން ނުވިކަމަށްވެސް މޮރީނިއޯ ބުންޏެވެ. މޮރީނިއޯ އިތުރަށް ފާހަގަކުރި ގޮތުގައި ރެއާލްގެ ކޯޗުކަން ދޫކޮށްލި ސީޒަނަށް ފަހު ބޭލް އެކްލަބަށް ގެންދިޔުމަށް މެދުވެރިވީ އޭނާގެ އިލްމާއި ތަޖުރިބާއަށް ބިނާކޮށް ބޭލް ގެނައުމަށް ދެއްކެވުނު ވާހަކަތަކަށް ކްލަބުގެ ރައީސް ބަރޯސާވުން ކަމުގައެވެ. މިއީ ސިއްރެއް ނޫން ކަމަށައި ބޭލް އަށްވެސް މިކަން އެނގޭނެކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ ވަނީ މި ސީޒަނުގައި ޓޮޓެންހަމްގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަ ކުރަން ބޭނުންކަމަށް މީގެ ކުރިން ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.