18 Sep 2020 | 08:28
ޓޮޓެންހަމް އަދި އޭސީ މިލާން ޔޫރޯޕާ ލީގް ކޮލިފިކޭޝަން މެޗުތަކުން މޮޅުވެއްޖެ

ޓޮޓެންހަމް އަދި އެސީ މިލާން ޔޫރޯޕާ ލީގުގެ ދެވަނަ ކޮލިފައިން ބުރުން މޮޅުވެ ތިންވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މުބާރާތުގެ ތިންވަނަ ކޮލިފައިން ބުރަށް ޓޮޓެންހަމް ދަތުރުކުރީ ބަލްގޭރިއަށް ނިސްބަތްވާ ލޮކޮމޯޓިވް ޕްލޮވްޑިވްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް 71 ވަނަ މިނެޓުގައި ލޮކޮމޯޓިވުން ކާމިޔާބުކޮށް ޓޮޓެންހަމް ޕްރެޝަރަށް ވައްޓާލިއިރު ޓޮޓެންހަމް އަށް ސަލާމަތްވެވުނީ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ޖަހައިދިން ގޯލުންނާއި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެންޑޮމްބެލޭ 85 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މި ދެގޯލުގެ ކުރިން ލޮކޮމޯޓިވްގެ ދެކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަކަން ފާހަގަކޮށްލަން ޖެހެއެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ބުނީ ދެވަނަ ލެގެއް ކުޅޭ ގޮތަށް ހަމަޖެހިފަ ނެތުމުގެ ސަބަބުން މި މެޗަށް ވަރުގަދަ ފުރަތަމަ އެގާރައެއް އަރުވަން ޖެހުނު ކަމުގައެވެ. ކޮރޯނާވައިރަސް ޕެންޑަމިކްގެ ސަބަބުން މި މުބާރާތުގެ ކޮލިފައިން މެޗުތައް ފެށުން ލަސްވުމާއި ގުޅިގެން ހުރިހާ ކޮލިފައިން މެޗުތަކެއް ކުޅުމަށް ހަމަޖެހިފަވަނީ އެއް ލެގަށެވެ.

ޔޫރަޕުގެ ގަދަ ބާރެއްގެ ގޮތުގައި އަލުން ފައި ހަމަކުރުމަށް ވިއްދާފަ އޮތް އޭސީ މިލާން އެޓީމް ކުޅުނު މެޗް ކާމިޔާބު ކުރީ 2-0 ކުންނެވެ. އަޔަލެންޑްގެ ޝެމްރޮކް ރޯވާސްއާއި ދެކޮޅަށް އޭސީ މިލާނުގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އިބްރަހީމޮވިޗް އަދި ކަލްހޭނޯގްލޫ އެވެ.

މެޗާ ގުޅޭ ގޮތުން މިލާނުގެ ކޯޗް ޕިއޯލީ ބުނީ ކޮލިފިކޭޝަނުން ކަޓައިގެން ގޮސްފިނަމަ ނިމިދިޔަ ސީޒަނުގައި އޭނާގެ ޓީމް ކުރި ހުރިހާ ކަމެއް ބޭކަރުވީސް ކަމަށައި މެޗަށް ނުކުތީ މޮޅުވުމުގެ އަޒުމުގަ ކަމަށެވެ. މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކަންތައްތަކެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޔުއެފާގެ ފައިނޭންޝިއަލް ފެއާރ ޕްލޭ ރޫލްތަކައި ހިލާފުވެގެން ލިބުނު ސަސްޕެންޝަނާއި ގުޅިގެން މިދިޔަ ސީޒަނުގައި އޭސީ މިލާނަށް ވަނީ ޔޫރަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.

އޭސީ މިލާން އެންމެ ފަހުން ކުޅުން 14 މެޗުން ވަނީ ބިލިނުވެ ހިފަހައްޓާލާފައެވެ. މިއީ 2008 ގެ ފަހުން މިފަދަ ރެކޯޑެއް އެޓީމުން ދަމަހައްޓާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.