21 Sep 2020 | 09:03
ޕިރްލޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއަށް ރަނގަޅު ފެށުމެއް

މި ސީޒަނުގެ އިޓާލިއަން ސެރީއާގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ސަމްޕްޑޯރިއާ އާއި ދެކޮޅަށް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

ރޮނާލްޑޯ ދިން ބޯޅަ އަކުން 13 ވަނަ މިނެޓުގައި ކުލޫސެވިޗް ޔުވެންޓަސްގެ ފުރަތަމަ ގޯލް ޖެހިއިރު 78 ވަނަ މިނެޓުގައި އެޓީމުގެ ލީޑް ފުޅާ ކޮށްދިނީ ޑިފެންޑަރ ބޮނޫޗީއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ޔުވެންޓަސް މެޗް ޑޮމިނޭޓް ކުރިނަމަވެސް މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ.

ޕިރްލޯގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ޔުވެންޓަސް ފެނިގެންދާއިރު މީގެ ކުރިން އޭނާ ބޮޑު ކްލަބެއް މެނޭޖްކޮށްފައެއް ނުވެއެވެ. ޕިރްލޯއަށް އޭނާގެ ކޯޗިންގ ބެޖް ލިބިފައިވަނީވެސް މިދިޔަ ހަފްތާގަކަން ފާހަގަ ކޮށްލެވެއެވެ.

ޖެހިޖެހިގެން 10 ވަނަ ފަހަރަށް އިޓަލީ ލީގް ކާމިޔާބުކުރުމަށް ޔުވެންޓަސް އަށް ފުރުސަތު އޮތްއިރު ޕިރްލޯއާއެކު ޔުވެންޓަސްގެ އަމާޒު މި ސީޒަނުގައި ބޮޑަށް ހުންނާނީ ޗެންޕިއަންސް ލީގަށް ކަމަށް ގަބުލޫކުރެވެއެވެ. ސާރީގެ ކޯޗް ކަމުގެ ދަށުން މިދިޔަ ސީޒަނުގައި ޔުވެންޓަސް ލީގް ކާމިޔާބުކުރި ނަމަވެސް ޔޫރަޕުގައި އެދެވޭ ނަތީޖާތަކެއް ނެރެވިފަ ނުވާކަން ފާހަގަކުރެވުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jun 2026
ފިނޭންސް މިނިސްޓަރު ކަމަށް ޙަސަން ޒަރީރު އައްޔަނުކުރައްވައިފި
ޒަރީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
08 Jun 2026
160 އަށްވުރެ ގިނަ ބައިވެރިންނާއެކު "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފި
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފިއެވެ.
08 Jun 2026
ޝިފާން، ނަޝީދަށް: އައިސިން އަކީ ކޭކުގެ ވަރަށް ބޭނުންތެރި ފަށަލައެއް
ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި "އައިސިން" ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް، އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
08 Jun 2026
ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިއުފާ ދެއްވައިފި
މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ.
08 Jun 2026
ހުރިހާ މަޢުލޫމާތެއް ހާމަކުރެވުމަކީ ތާރީޚީ ކާމިޔާބީއެއް: ރައީސް
ދިވެހިރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރްޓީއައި) 2014 ވަނަ އަހަރު ތަޞްދީޤުކުރި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ ޝަރުޠުތައް ސައްތަ އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށާ، މިއީ ތާރީޚީ ކާމިޔާބީއެއް ކަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Jun 2026
ކަނޑުގެ ވަސީލަތްތައް ދެނެގަނެ، އިޤްތިޞާދު ސިންދަފާތުކުރުމަކީ އަމާޒެއް
ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭގޮތުން އިތުރު ދިރާސާތައްކޮށް، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ދެނެގަތުމާއެކު ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ
08 Jun 2026
ފިލިޕިންސްއަށް ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް
މިއަދު ފަތިހު ފިލިޕިންސްގެ މިންޑަނާއޯ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑުގެ ސަރަޙައްދަށް ސުނާމީއެއް އުފެދުމުގެ ބިރު ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
08 Jun 2026
އިގުތިސާދީ ކުރިއެރުމާއެކު ފިޗުން ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ބަލައިގެންފި
ދިވެހިރާއްޖޭގެ މާލީ ހާލަތާއި ބޭރުގެ ގޮންޖެހުންތައް މެނޭޖްކުރުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން އަދާކުރާ މުހިންމު ދައުރަށް ބަލައި، ފިޗް ރޭޓިންގްސްއިން ބީއެމްއެލް އަށް ކްރެޑިޓް ރޭޓިންގ ދީފިއެވެ.