ހދ.ނައިވާދޫ ސިއްހީ މަރުކަޒަށް އެންބިއުލާންސެއް ނުލިބި ލަސްވަމުންދާތީ ދޮރުގައި ބަޔަކު ފިލާޖަހައިފި

28 Sep 2020 | 12:23

ހދ.ނައިވާދޫ ސިއްހީ މަރުކަޒަށް އެންބިއުލާންސެއް ނުލިބި ލަސްވަމުންދާތީ ބަޔަކު ނުރުހުން ފާޅުކޮށް އެތަނުގެ ދޮރުގައި  ފިލާޖަހައިފިއެވެ.

އެގޮތުން އެތަނުގެ ދޮރަށް ވަނީ އެރަށަށް ދޭން ބުނި އެންބިއުލާންސް ކޮބައިތޯ ލިޔެފައިވާ ބޮޑު ފިލާގަނޑެއް ޖަހާފައެވެ. މިކަން ކުރީ ކޮން ބަޔަކުކަން ނޭނގޭކަމަށް އެރަށުގެ ރައްޔިތަކާއި ހަވާލާދީ "ތިލަދުން" ނޫހުން ބުނެފައިވެއެވެ.

އެރަށު ސިއްހީ މަރުކަޒުގެ އެންބިއުލާންސް ހަލާކުވެފައި އޮތުމުން، ގިނަ ބަޔަކަށް ވަނީ ތަކުލީފްތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ރޭވެސް ބަލިމީހަކު ގެންގޮސްފައިވަނީ ފަތްޖެހި އެނދެއްގައިކަމަށް އެނގިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެރަށު ސިއްހީ މަރުކަޒުގެ އެންބިއުލާންސް ޑްރައިވަރކަމުގެ މަގާމަށް މީހަކު ވަނީ ނަގާފައެވެ.

Advertisement

ކޮމެންޓް