15 Oct 2020 | 19:39
ޝިފްލާ: ކުޅަދާނަ ޕްރެޒެންޓަރެއް އަދި މޮޅު ކެއްކުންތެރިއެއް!

ޝިފްލާ އިބްރާހިމޭ ބުނެފިނަމަ ނުދަންނަ ފަރާތެއް ދިވެހިރާއްޖޭގައި މަދުވާނެއެވެ. 1998ވަނަ އަހަރުން ފެށިގެން މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ޝިފްލާއަކީ ކުޅަދާނަ ޕްރެޒެންޓަރެއް އަދި ނިއުސް އެންކަރއެކެވެ. ޓެލެވިޒަން މޯލްޑިވްސް އަދި ފަހުން ސަންގު ޓީވީގައިވެސް ޝިފްލާ ފާހަގަ ކުރެވިފައިވަނީ ޚަބަރު ކިޔުމުގައި ކުށްމަދު، ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ ފަރާތެއްގެ ގޮތުގައެވެ. އެހެނަސް، މިއަދު ޝިފްލާ ތައާރަފްކޮށްދޭން މި އުޅެނީ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ މޮޅު އަދި ތަޖުރިބާކާރު މީޑިއާ ޝަޚްސިއްޔަތެއްގެ ގޮތުގައެއް ނޫނެވެ. ކުޅަދާނަކޮށް ރަހަމީރު އަދި ސިއްހަތަށް ފައިދާހުރި ކެއުންތައް ތައްޔާރުކޮށްދޭ މޮޅު ކެއްކުންތެެރިއެއްގެ ގޮތުގައެވެ.

ކެއްކުމުގެ ދުނިޔޭގައި ޝިފްލާ ވާހަކަ ފަށަންޖެހެނީ މީގެ ދެތިން އަހަރު ކުރިންނެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ދިޔަ ބޫޓް ކޭމްޕްގެ ތެރެއިން ކުރި ލިބުނު ޑައިޓެއްގެ ތެރެއިން ހެދި އޯޓްސް ބޯކިބަލެއް ގިނަބަޔަކަށް ކަމުދިޔައީއެވެ. އެއަށްފަހު ގިނަ ބަޔެއްގެ އެދުމުގެ މަތިން މާލޭގެ ކެފޭއެއް ކަމަށްވާ ވެރީ ރެޑުން އެތަކެތި އާންމުންނަށް ވިއްކަން ފެށިއެވެ. އޭރު ޝިފްލާގެ މީރު އޯޓްސް ބޯކިބާގެ ވާހަކަ ދައްކާ ފަރާތްތައް މަދެއް ނުވާނެއެވެ.

ބޫޓް ކޭމްޕް ނިމުމަށް ފަހުގައިވެސް ޝިފްލާއަށް ލިބުނު ލޯ ކާބްސް ޑައިޓުން އޭނާ ދޫކޮށްނުލައެވެ. ބަދިގޭގައި ތަފާތު ގިނަ އެކްސްޕެރިމެންޓްތައް ހަދައި، ސިއްހަތަށް ފައިދާހުރި ކާނާތައް ތައްޔާރުކުރަމުންދިޔައެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ވެގެންދިޔައީ އެހެން ގިނަ "ހޯމް ކުކް"ތަކެކޭ އެއްފަދައިން އެ އެކްސްޕެރިމެންޓްތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ޝިފްލާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

"ޕެންޑެމިކްގެ ކަންތަކާ މިހުރިހާ ކަމަކާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކުރިމަތިލީމަ ވެގެންދިޔަ ގޮތުން ހިތަށް އެރީ މީޑިއާއާއި ތަންކޮޅެއް ދުރަށް ޖެހިލާފަ މިކަން ކުރާނިއްޔޭ. މިހެން ބުންޏަސް އަޅުގަނޑު ސަންގުގަ ހަމަ ޚަބަރު ކިޔަން. ސަބަބަކީ އަޅުގަނޑު އެންމެ ދަތިވި ދުވަހު އެހީތެރިވީ ސަންގުން. އެހެންވެ ސަންގު ހަމަ ދޫކޮށްލެވެން ނެތީ"، "ވޮއިސް" އާއި ވާހަކަދައްކަމުން ޝިފްލާ ބުންޏެވެ.


ސިއްހަތަށް ފައިދާހުރި ކެއުންތައް ތައްޔާރުކުރާ ކެއްކުންތެރިއެއް!

މީޑިއާ ދާއިރާއާއި ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ޝިފްލާ ފެނިގެންދިޔައީ އޭނާގެ މަޝްހޫރު އޯޓްސް ބޯކިބާ ވިއްކާ ވެރީ ރެޑްގެ ޓީމާއި އެކުގައެވެ. އެގޮތުން އެ ކެފޭއިން ދަނީ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭގޮތަށް ޝިފްލާ ތައްޔާރުކޮށްފައިވާ ކެެއުންތައް ފޯރުކޮށްދެމުންނެވެ.

ވެރީ ރެޑްއިން ލިބެން ހުންނަ "ހެލްތީ މެނޫ"ގައި މުޅީންވެސް ހުންނަނީ ޝިފްލާގެ އަމިއްލަ ރެސިޕީތަކެވެ. އެގޮތުން މި ރެސިޕީތައް ތައްޔާރުކުރުމަށް ޝިފްލާ ވަނީ ބޭރު ގައުމުތަކުގެ ސިއްހަތަށް ފައިދާހުރި ކާނާތައް ދިރާސާކޮށް، ދިވެހިންނާ ގުޅޭގޮތަށް އެ ރަހަތައް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޝިފްލާ ބުނި ގޮތުގައި ކޮންމެ ޑިޝްއެއްވެސް އޭނާ ތައްޔާރުކޮށްފައިވަނީ ބުރަ މަސައްކަތުންނެވެ.

"ކޮންމެ ޑިޝްއެއްވެސް އަޅުގަނޑު ހަދާފަ ހުންނާނީ އަޅުގަނޑު އަމިއްލައަށް އެ ކައިފަ. އަޅުގަނޑަކީ ޕްެރޮފެޝަނަލް ޝެފްއެއް ނޫން. އަޅުގަނޑު ތައްޔާރުކުރަނީ އެއްޗެހި ބަލައިގެން ލިބިފަ ހުރި ތަޖުރިބާގެ އަލީގައި"، ޝިފްލާ ބުންޏެވެ.

ޝިފްލާގެ ފަރާތުން ވަނީ ހަފްތާގެ ހަ ދުވަހަށް ހަ މީލް ހިމެނޭ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އެގޮތުން މި ޕެކޭޖްގެ އަގުތަކަށް ބަލާލާއިރު މެންދުރުގެ ކެއުން އެކަނިނަމަ އޭގެ އަގަކީ 450 ރުފިޔާއެވެ. އަދި މެންދުރާއި ރޭގަނޑުގެ ކެެއުން އެކަނިނަމަ 900 ރުފިޔާއެވެ.

މި މީލް ޕެކޭޖްގައި ހިމެނޭ ބާވަތްތަކަކީ ކޫސް ކޫސް ޗިކަން، ކޯލިފްލާވަރ، ކުއިއޯނާ ޗިކަން، ސްވީޓް ޕޮޓޭޓޯ މޭޝްޑް ވިތު ގާރލިކް ޗިކަން، ކޯލިފްލާވަރ މެޝްޑް ވިތު ޗިކަން ކެބާބް އަދި ބަށި ރޯލްސް ވިތް ޗިކަން އެންޑް ކެޝޫނަޓް ސޯސް ވިތު ސަލްސާއެވެ. މި ކެއުންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އޭނާ އުފަލާއި އެކު ފާހަގަކުރިއެވެ.

ޝިފްލާގެ ޚާއްސަ ޝުކުރެއް ވެރީ ރެޑަށް!

ވޮއިސްއަށް ދިން އިންޓަރވިއުގައި ޝިފްލާ ފާހަގަކުރި ގޮތުގައި އޭނާގެ މި ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ ވެރީ ރެޑްގެ ޓީމެވެ. އެގޮތުން އެ ޓީމާއެކު މިހާތަނަށް މަސައްކަތް ކުރެވުނު އެެއްމަސް ދުވަހުގައި އެ ޓީމްގެ ކޮންމެ މެންބަރަކުވެސް ޝިފްލާއާއި މެދުގައި ބަހައްޓާފައިވާ ގާތްކަން އޭނާ އުފަލާއި އެކު ފާހަގަކުރެއެވެ.

އެގޮތުން އެ ޓީމްގެ މައިތަނބުކަމަށްވާ އައިމިނަތު އަދި ރައިމޫން ޒާހިރު (މިސްޓަރ ރެޑް)ގެ ނަން ޝިފްލާ ޚާއްސަކޮށް ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

ރައިމޫން ޒާހިރު ވޮއިސް އަށް ކިޔައިދިން ގޮތުގައި ޝިޕްލާގެ އުފެއްދުންތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި މިހާތަނަށް ފީޑްބެކްތައް ވަރަށް ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ. ކާތަކެއްތި ތައްޔާރުކުރަން ބޭނުންވަނީ މެޗުއާޑް އަދި ކޮންސިސްޓަންޓްކޮށް ތަކެތި ތައްޔާރުކުރާ މީހުންކަމަކާށާއި، ޝިފްލާއަކީ އެގޮތުން އެންމެ އެކަށޭނެ ފަރާތްކަންވެސް އޭނާ ފާހަގަކުރެއްވެވިއެވެ.

މި އިންޓަރވިއު ނިންމާލަމުން ޝިފްލާ ބުނީ ކޮންމެ ކަމެއް ކުރިޔަސް ބަލަންވާނީ އެންމެ ރަނގަޅަށް އެކަން ކުރެވޭތޯކަމަށާއި، މިކަމުގައިވެސް ލިބޭ ފީޑްބެކްތަކަށް ބަލައި މަސައްކަތް އިތުރަށް ރަނގަޅުކުރެވެމުންދާ ކަމަށެވެ. އަދި މަސައްކަތުގައި ދެމިހުރުމަށް ދަރިފުޅުގެ ބޮޑުދައިތަ ފަރާތުން ލިބެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރާކަން ހާމަކުރިއެވެ. މީގެ އިތުރުން ވެރީ ރެޑްގެ މައި ތަނބު އައިމިނަތު މުހައްމަދު ނުވަތަ ޝިފްލާ ކިޔާ ގޮތުންނަމަ މަންމަގެ ފަރާތުން ލިބޭ ހިތްވަރާއި އެހީއަށް ބޮޑު ޝުކުރެއް އަދާކުރިއެވެ. 

ވޮއިސްގެ ޓީމްގެ ފަރާތުން ޝިފްލާއަށް އެދެނީ ފާގަތި އަދި ކާމިޔާބު ދުވަސްތަކަކަށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.