ADS BY VATHIYARA

ރާއްޖެ ހިންގުމުގައި ހައިކަމިޝަނަރ ސަންޖޭ! ރައީސް ޞާލިހް ކޮބާ؟

- 1 month ago 6 - އިނާޒް މޫސާ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މީގެ ތިން މަސްކުރިން 23 ޖޫން ވަނަދުވަހުއެވެ. ރައްޔިތުންނަށް އެދުވަހު ދެއްވީ ކުރިއަށް އޮތީ ދަތި 6 މަސްކަމުގެ ވާހަކަފުޅެވެ. ރައްޔިތުންގެ ކިބައިން އެދިލެއްވީ ކެއްތެރިކަމާއި ސާބިތުކަން ދެއްކުމަށެވެ. އެންމެން އެކު އެކީ މަސައްކަތްކޮށްގެން ކޮވިޑް-19 ގެ ބަލި މަޑުކަމުން އަރައިގަނެވޭނެ ވާހަކައެވެ. ރައީސް ޞާލިހް ގެ މި ވާހަކަފުޅާއެކު ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގެއްލިފައެވެ. ތިމާވެއްޓާއި ބެހޭ ދުވަހަކު ޓުވިޓަރ މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ ވިދާޅުވާތަން ފެނިދާނެއެވެ. ރަސްމީޔާތެއްގައި ރެކޯޑްކޮށްފައިވާ އެމަނިކުފާނުގެ ވީޑީއޯ މެސެޖްއެއް ޕްލޭ ކުރައްވާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ތަދު 6 މަހުގެ ތެރެއިން 3 މަސް އެމަނިކުފާނު ނިންމަވާލެއްވި ގޮތެވެ.

ADS BY MUSCMV

ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔާ ޤައުމު ހިންގުމާއި، ރައްޔިތުންނާއި ދުރުގައި މި ބަލި ބަޑުކަމުގައި ހުންނަ ހުރުމަކީ ގިނަ ބަޔަކު އެކަމާއި ސުވާލު އުފައްދާކަމެކެވެ. އެންމެ ބޮޑަށް މި ސުވާލުތައް ފެންމަތިވާން ފަށާފައި މިވަނީ ރައީސް ޞާލިހްއަށް ވުރެން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރ ގެ ޝެޑިއުލް ދިވެހިންނަށް ހުސްކޮށްފައިވާތީއެވެ.

ނޫސްތަކުން ރައީސްއަށް ވުރެން ގިނައިން ސަފީރު ޖާގަހޯއްދަވާތަން ފެންނަން ފަށާފައިމިވަނީ، ސަފީރުގެ ހިންގުތެރިކަމުންނެވެ. ގިނަ މަސައްކަތްތަކެއް ދިވެހިންނަށް ފަހިކުރުމަށް މަސައްކަތްޕުޅުކުރައްވަމުން، ގިނަ ލޯން ތަކެއް މިވަނީ ދަތިވެފައިވާ ދިވެހި މާލީޔާއަށް ދެއްވައި ވަޅުޖެހެމުން އަންނަ އިޤްތިސާދަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ދެއްވާފައެވެ. މިއީ ދެޤައުމުގެ ޑިޕްލޮމެސީގެ ދަށުންކުރެވޭ ކަމެއްކަމުން ސަފީރުގެ މާބޮޑު ސާމިލްވުމެއް ނެތިވެސް މިކަންކަންކޮށް ނިންމާލެވިދާނެއެވެ. ނަމަވެސް މި ދަތި ވަގުތުގައި ސަފީރު ދިވެހިންނަށް ދައްކުވައި މި ދެއްވާ މިސާލު ދިވެހި ސަރުކާރުން ބަލައިގަންނަންޖެހެއެވެ. ރައްޔިތުންނަށް ވެރިން ފެނި، ވެރިންގެ މަސައްކަތްތުން ހޯދާ ކުރި އެރުން މި ދަނޑިވަޅުގައި ރައްޔިތުންނަށް ދައްކުވައިދީ އެ ރައްޔިތުންނަށް ކަންކަން ސާފުކޮށްދޭންޖެހެއެވެ. ދަތިކަމުން އަރައިގަންނަން ކުރާ މަސައްކަތާއި އެ އުންމީދު ދައްކުވައިދޭންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވިޓަކަށްވުރެން، ރެކޯޑް ކުރެވިފައިވާ ހިތާބަކަށްވުރެ މުހިންމުވަނީ މިހެންވެއެވެ.

ޤައުމުގެ މިހާލަތުގައި ވަނިކޮށް ހައި ކޮމިޝަނަރ ސަންޖޭ ވަނީ ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކުރައްވަވާފައެވެ. އެކި ދާއިރާތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ވެސް ވަނީ އޭނާ ބައްދަލުކުރައްވަވާފައެވެ. ރާއްޖޭގެ މިވަގުތު އިދިކޮޅު ކޯލިޝަންއިން ތަކުރާރުކޮށް އެދުމުންވެސް ރައީސްގެ ފައިންޕުޅުވަނީ ފެންނަގޮތްނުވެފައެވެ.

ރައީސް ޞާލިހް މަސައްކަތުގެ ސްޕީޑް ލަސްކަމުގެ ވާހަކަ މީގެ ކުރިން މަޖިލިސް ރައީސް ނަޝީދުވަނީ ފާހަގަކުރައްވަވައި ފާޑުވިދާޅުވެފައެވެ. އެހެންކަމުން ރައީސް ގެ ބަދަލުގައި ސަރުކާރުގެ އިސް ތެރިން މިނިސްޓަރުން ޤައުމުގެ ހުރިހައި ކަމެއްގައި ސާމިލް ކުރުވަން މިވަނީ ފެށިފައެވެ. ނަމަވެސް ރައީސް ނުފެނެއެވެ. ސަފީރު އެބޭފުޅުންނާއެކު ބައިވެރިވެއެވެ.

ދާއިރާތަކުގެ މެންބަރުނާއި ބައްދަލުކުރުމުގައި ވެސް ސަފީރުގެ ހަރަކާތްެރިކަން ފާހަގަކުރެވެއެވެ. ރަށްރަށް ވަޑައިގެން ކަންކަން އިފްތިތާހްކުރުމާއި މަޖިލިސް މެންބަރުންގެ އަޑު އަހައި ދާއިރާތައް ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ދަނީ ކުރެވެމުންނެވެ.

އެހެންކަމުން މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތުގެ ހުސްކަން ސަފީރު ފުރުއްވާތަނެވެ. ނުވަތަ އިދިކޮޅުން ބުނާހެން ރާއްޖެ ހިންގަނީ މައިސަރުކާރު އިންޑިއާއިންކަމެވެ.

0%

0%

100%

6 ކޮމެންޓް

ކީރިތި ކުރައްވަމުން ވެންޓިލޭޓަރު ހޯދަނީ

މިކަމުން އެނގިގެންދަނީ އިބޫއަކީ ބޯބުރާންތިކައިފަހުރި ނުބައި ނުލަފާ މީހެއްކަން.

ދިވެހިންނަށް ނިދިން ހޭލެވޭނީ ކޮންދުވަހަކުންބާއޭ މަ ހިތައް އަރާ. އަރާމު ބާލީހަކަށްލާފަ ގައިގަ ރަޖާ އަޅާފަ ނާނާމިކިޔަނީ ކިހާ ވަގުތުކޮޅަކަށްބާ. ދެންވެސް ޓީވީ އަށް އަރާ ކީރިތި ކުރެެއްވީމަ ރައްޔިތުމީހާވީ އެއާ އެއްވަރަށް ހަޅޭލަވާފަ ރޯންތޯ؟

ކުރީމީހާ ހެދިހެން ދެއިރު ދެދަޅައަށް ޓީވީއަށް އަޜާ ކޮސްގޮވާކަށް ނުޖެހެޔޭ ކޮޔާ! ޢެބޭ ބުނިވިއްޔަ ގެއަށް ވެއްދި އެއްޗިހި ހަލާލެއް ނޫނޭވެސް...ބޭންކޮކޭ ... ހަލާލޭ

ދިވެހިރައްޔިތުން މިވަނީ އަމިއްލަ އަތުން ޖެހިފާހަގައިގެ ސަބަބުން ގައުމަށް ގައްދާރުވެފަ . ބަހާއަމަޅުދިމާނުވާ ދެފުށް ކެހެރިއަކާގައުމު ހަވާުލުކޮއް ފަ . ޓެރަރިސްޓެއް ދަނބިދަރިއަކަށް ގައުމު ހިބަކޮއްދީފަ . ގައުމެއް ކުޅުނެއް ނެތް މީހަކަށް ގައުމު ވެދުންކޮއްފަ . ހަމައެކަނި ފައިސާގެއަޅުންނަށްވެފަތިބޭ ބަޔަކަށް ގައުމު ހިބަ ކޮއްދީފަ .

ހަބަރު