ރެއާލް މެޑްރިޑަށް އުދަނގޫ މޮޅެއް

01 Oct 2020 | 09:18

ސްޕެނިޝް ލީގުގައި ރޭ ވަލާދޮލިދް ވާދަކޮށް 1-0 ގެ ހަނި ނަތީޖާއަކުން ރެއާލް މެޑްރިޑް ތިން ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ވިނީސިއަސް ޖޫނިއާ ރެއާލްއަށް ކާމިޔާބު ކޮށްދިނީ 65 ވަނަ މިނެޓުގައެވެ.

މެޗުގައި ރެއާލްއުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އިދިކޮޅަށް ފޮނުވާލި ހަމަލާތައް ދާދި ހަމަހަމަކަން ފާހަގަކޮށްލެވުނެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ ކުޅެން ޖެހުނީ ހަތަރު ކުޅުންތެރިންގެ ދެ ޑިފެންސް ލައިން ބާއްވައިގެން އޮތް ޓީމަކާ ކަމަށައި ކެތްތެރިކަމާއެކީ އޭނާގެ ޓީމް ކުރި ހިތްވަރުން 3 ޕޮއިންޓް ކަށަވަރުވެއްޖެ ކަމުގައެވެ.

ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ރެއާލް އޮތީ ގެޓާފޭ، ވެލެންސިއާ، އަދި ވިލަރެއާލްއާއެކީ ތާވަލުގެ އެއްވަނައިގައެވެ. އޮތް މަގާމަށް ބަދަލު އަންނަނީ ލަނޑުގެ ތަފާތުންނެވެ. 

Advertisement

ކޮމެންޓް

Advertisement