02 Oct 2020 | 05:50
މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް މޯލްޑިވްސް ރަޖިސްޓަރކޮށްފި

ދިވެހިރާއްޖޭގަ އޮތް އެންމެ ބޮޑު އެއް ފުޓްބޯޅަ ފޭން ބޭސް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓާސް ކްލަބް ރަޖިސްޓަރ ކޮށްފިއެވެ. 

މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓާރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމްވީ) މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ރަޖިސްޓަރ ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ރަސްމީ ސިފައެއްގައި ރާއްޖޭގައި ޔުނައިޓެޑް ތަމްސީލުކުރުމުގެ ބޭނުމުގައި އުފެއްދި މި ޖަމިއްޔާ އިފްތިތާހުވެގެން ދިޔުމާއިއެކު، އެ ކުލަބުގެ ގިނަގުނަ ކަންކަން ރާއްޖެއަށް ފުޅާ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެމް.ޔޫ.އެސް.ސީ.އެމްވީ އިން މައުލޫމާތު ދެއެވެ.

އެމް.ޔޫ.އެސް.ސީ.އެމްވީ އިން އިތުރަށް މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޖަމިއްޔާގެ މައިގަނޑު އަސާސަކީ ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުން އެއްތަންކޮށް، ކުލަބަށް އޮންނަ ސަޕޯޓް ދިރުވާ އާލާ ކުރުމެވެ. އެއާއެކު ކުލަބާއި ގުޅުވައިގެން އިވެންޓުތައް ބޭއްވުމައި، ހިލޭ ސާބަހަށް ކުރެވޭ ގިނަ މަސައްކަތް ކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިބި ޔުނައިޓެޑުގެ ސަޕޯޓަރުން އެއް ޕްލެޓްފޯމަކަށް ގެނެސް އެކުވެރިކަން އާލާކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެމް.ޔޫ.އެސް.ސީ.އެމްވީގެ މެންބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމް ( https://forms.gle/5pKBwY6LCcCwYomCA ) މެދުވެރިކޮށް މިހާރު އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެމް.ޔޫ.އެސް.ސީ.އެމްވީ އިން އަންނަނީ ފޭސްބުކް އަދި ޓްވިޓާ ގައި ހަރަކާތްތެރިވުމުގެ އިތުރުން ވައިބަރ ކޮމިއުނިޓީ ގްރޫޕެއްވެސް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ