09 Oct 2020 | 21:59
އަދީބުގެ އިއުތިރާފު އާއި ގުޅިގެން އެމް.އެމްޕީއާރުސީގެ ފައީސާ އިން މަންފާވި މީހުން ހާސްވެއްޖެ

2015 އިން 2018 އަށް އެމް.އެމް.ޕީއާރުސީގެ މައްސަލަ އޮތީ އަދީބާ އަދި ޒިޔަތާ ހަމައިން އެކަން ނިންމާލާފަ، މިދިޔަ ސަރުކާރުގެ އެންމެ މަތިން ފެށިގެން ދައުލަތުގެ ގިނަ މުއައްސަސާ ތަކެއްގެ އިސް ފަރާތްތަކެއް ވަނީ މިކަމުގައި ބައިވެރިވެ އަދި މަންފާ ވެސް ލިބިފައެވެ. ހާއްސަކޮށް ނާޖާއިޒް މަންފާ ލިބުނު ފަރާތްތަކުގެތެރޭގައި ކުރީގެ ރައީސުންނާއި ، މަޖްލިސް މެންބަރުންނާއި ، މިނިވަން މުއައްސަސާތަކުގެ ވެރިންނާ، ގާޒީންނާއި، ފަނޑިޔާރުންނާ، ފުލުހުންނާއި ސިފައިންނާއި ، ބައެއް މީޑިޔާ ތަކާއި ޖަރނަލިސްޓުންނާއި ވިޔަފާރިވެރިން ހިމެނެއެވެ.

ތަހުގީގުތައް އަރާ ހަމަ ކުރާތީ މި ކަމަށް ލޮޅުން އަރުވާލަން އެތައް ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް ދައުލަތުގެ ކިޔަވައިގެންތިބި ޒުވާން ޓީމްތައް ދަނީ ބަދަހިކަމާއެކީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބޮޑު މައްސަލައެއްގައި ނަތީޖާ ނެރެން ދުވަސސް ނަގާނެއެވެ. ނަމަވެސް މިދާ ސްޕީޑްގައި ދެން އޮންނާނީ ފާހަގަވި ބައެއް އެސެޓްތައް ނެގުމާއި ފައިސާ ހުރި އެކައުންޓްތައް ފްރީޒްކޮށް އިތުރައް ބައިވެރިވި އަދި މަންފާ ލިބުން ފަރާތް ތަކާއި ސުވާލުކޮށް އަދި ދައުވާ ކުރުން ކަމަށް ބެލެވެއެވެ.

ކޮންމެ ގޮތެއްވިޔަސް މިސަރުކާރުން މިމައްސަލަ ކޮޅެއްގައި ޖައްސާނެކަން ދަނީ ސާބިތުކޮށް ދެމުންނެވެ. ސިޔާސީ ވަކިބަޔަކަށް ހޭއަރުވާލާ ވަކި ފިކުރަކަށް ނުބަލާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކޮށްދޭން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ވަކިމީހެއްގެ ބޮލައް އެކަން ކަނޑާލާ އަދި އަދީބު އަތުން އެކަނި 3 ބިލިއަން ރުފިޔާ ހޯދަން ހުކުމް ކުރުން ވެގެން ދާނީ ބޮޑު ޖޯކަކަށެވެ. އަދީބު އާއި އެކީގައިވާ އެގްރިމެންޓްގައި ވަނީ އެފައިސާ ދައުލަތައް އަނބުރާ ހޯދަން ދައުލަތާއި އެކީގައި މަސައްކަތް ކުރަން ޝަރުތު ކޮށްފައި ކަމަށާއި އަދި އެގޮތަށް ޝަރީއަތުގައި އަދީބު ވަނީ ކޯރޓުގައި ވިދާޅުވެފައެވެ.

އެހެންވެ މިހާރު އެންމެ ގަދަޔަށް އެ ހުކުމަށް ފާޑުކިޔަނީ އެމް.އެމް.ޕީ.އާރު.ސީ އިން މަންފާވި މީޑިއާތަކާއި ޖަރނަލިސްޓުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.