ކޮވިޑަށް ޕްޒިޓިވްވާ މީހުން ބައިތިއްބާނެ ތަނެއް ހޯދަނީ

13 Oct 2020 | 14:02

ކޮވިޑް-19 އަަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާނެ ފެސިލިޓީއެއް ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް އަށް ޕްޒިޓިވްވާ ފަރާތްތައް މާލެ،އަދި ހުޅުމާލޭގައި ބޭތިއްބުމަށް ފެސިލިޓީއެއް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ފޯމް ފުރުމަށްފަހު އީމެއިލް ކުރުމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

ކޮވިޑްއަށް ޕްޒިޓިވްވާ މީހުން މީގެ ކުރިން ގެންދިޔައީ މާލެ ކައިރި ރިސޯޓްތަކަށާއި ހުޅުމާލެ ގެސްޓް އައުސްތަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި މިހާތަނަށް ބޮޑެތި ކޮރަޕްޝަން އާއި ހިޔާނާތުގެ މައްސަލަތައް ވަނީ ފެންމަތިވެ ހެލްތް މިނިސްޓަރ އަމީން މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement