އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ.ދަރަވަންދޫއަށް!

13 Oct 2020 | 18:05

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޓްތަކާއިއެކު، އުރީދޫ ސުޕަރނެޓްގެ ފިކްސް ބްރޯޑްބޭންޑްގެ ޚިދުމަތް ބ.ދަރަވަންދޫއަށް ތަޢާރަފްކޮށްފިއެވެ.

އުރީދޫއިން މިޚިދުމަތް ތަޢާރަފްކޮށްފައިވަނީ، ދަރިވަރުންގެ ކިޔެވުމަށާއި، ސިއްޙީ ޚިދުމަތްތަކަށް އަދި ޢާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައެވެ. އެގޮތުން ޚިދުމަތްދޭ ފަރާތްތަކަށާއި، ލިބިގަންނަ ފަރާތްތަކަށްވެސް ނުހަނު މުހިންމު ޚިދުމަތަކަށް މި ޚިދުމަތް ވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ  އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބެވި ހުރިހާ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕަރނެޓް އަދި ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސުޕަރނެޓް ކަސްޓަމަރުންނަށް، އިތުރު 5ގުނަ ހަލުވި ސްޕީޑާއެކު 68% އާއި ހަމައަށް އިތުރު ޑޭޓާ ލިބޭނެއެވެ.

ނޯޓްެ: މި ޚަބަރު ބިނާވެފައިވަނީ އުރީދޫ މޯލްޑިވްސްގެ ޕްރެސް ރިލީސަކަށެވެ.

Advertisement

ކޮމެންޓް