Advertisement

ޑރ.ޖަމީލްގެ ސުވާލެއް ރައީސް ނަޝީދަށް: ބޭނުންވަނީ ޑިފެކްޓޯ އުއްތަމަ ފަނޑިޔާރަށް ވާންތޯ؟

14 Oct 2020 | 16:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެލައްވަނީ ޑިފެކްޓޯ އުއްތަމަ ފަނޑިޔާރަށް ވެވަޑައިގަތުމަށްތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސުވާލުކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޖަމީލް ވިދާޅުވީ ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދާއި ސަރުކާރުގެ ނުފޫޒުއޮތް ޖޭއެސްސީ އޮތުންކަމަށް ރައީސް ޔާމީން ދެެކިލައްވާ ކަމަށެވެ. އަދި ޖޭއެސްސީން ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސްއަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ނަޝީދު ބޭނުންވަނީ ޑިފެކްޓޯ ޗީފް ޖަސްޓިސްއަށް ވާންތޯ؟"، ޑރ.ޖަމީލް ސުވާލުކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ ރައީސް ޔާމީންވެސް އެދިލައްވާނެ ގޮތްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް