15 Oct 2020 | 12:56
ބައެއް ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލައިފި

ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައިހުރުމަށްފަހު، ބައެއް ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން ގެސްޓްހައުސްތަކަށް ފަތުރުވެރިން އައުމަަށް ހުއްދަ ދެވިފައިވާއިރު، މިވަގުތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަށްރަށުގައި ހުރި ގެސްޓްހައުސްތަކެކެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވާލި ރަށްތަކަކީ ނ.ފޮއްދޫ، ކ. ހުރާ، ވ. ފުލިދޫ، ވ. ތިނަދޫ، އއ. މަތިވެރި އަދި ކ. މާފުއްޓެވެ. މި ރަށްރަށުން ޖުމްލަ 16 ގެސްޓްހައުސެއް ހުޅުވުމުގެ ފުރުސަތު ވަނީ ދެވިފައެވެ. މި އަދަދު މިއަދުވެސް އިތުރުވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ފާހަހަކޮށްލެވޭ ގޮތުގައި ރަށްރަށުގައި ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ޝަރުތުތަކަކާ އެކުގައެވެ. އެގޮތުން ފަތުރުވެރިން އުޅޭނަމަ އެ ރަށްރަށުގެ ރައްޔިތުން މާސްކް އަޅަން ޖެހޭނެއިރު، ވަކި އަދަދަކަށް އައިސޮލޭޝަން ރޫމްފަދަ ތަންތަން ހުންނަން ޖެހެއެވެ.

އަދި އެ ރަށްރަށުގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފައި ހުންނަން ޖެހޭނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ގެސްޓްހައުސްތަކުގައި ތިބެފައި ފަތުރުވެރިންނަށް ފުރޭނީވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާއާއި އެކުގައިކަމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އަނބުރާ ދާ މަންޒިލްގައި ނެގެޓިވް ޕީސީއާރް ޓެސްޓެއް ހެދުމަށް ވަކި ޓައިމް ފްރޭމެއް ނެތްނަމަ، އެ ޓެސްޓަށް ސާމްޕަލް ނަގަންޖެހޭނީ އެންމެ ގިނަވެގެން ފުރުމުގެ 72 ގަޑިއިރު ކުރިންކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ދަތުރުކުރާ ގައުމަކުން ވަކި ޓައިމްފްރޭމެއް ކަނޑައަޅާފައިވާނަމަ އެ ޓައިމް ފްރޭމަށް އަމަލުކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ޓެސްޓް ހެއްދުމުގެ ޚަރަދުގައި ހިފަންޖެހޭނީ އެ ފަތުރުވެރިއެއް އަމިއްލައަށް ނުވަތަ ހުންނަ ގެސްޓްހައުސަކުންނެވެ. އަދި މިކަމުގެ އިންތިޒާމްތައް ހަމަޖައްސައިދޭން ޖެހޭނީ ގެސްޓްހައުސްއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Jun 2026
މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭ ގޮތެއްވުމުން އެކަން ވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
19 Jun 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް ފަށައިފި
16 ހަފުތާގެ މުއްދަތަށް މިއަދު ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ.
19 Jun 2026
ކޮންގޯގެ 'ސްޓެޗޫ' ސަޕޯޓަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ނުފެނުނީ ކީއްވެ؟
"ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މިޝެލް ކުކާ އެމްބޯލަޑިންގާ އަކީ، މެޗު ކުރިއަށްދާ މުޅި 90 މިނެޓު ވަންދެން އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން ހުއްޓި ހުރެގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސަޕޯޓަރެކެވެ.
19 Jun 2026
ޕީއެންސީ ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ރައީސްކަމަށް އަހުމީޒު
އެކި ދާއިރާތުން ޕާޓީ ހިންގުމަށް މީހުން ހޮވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ ޒުވާނުންގެ ހަރަކާތްތައް ހިންގާލުމުގެ އުއްމީދުގައި އެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައިގެން ހުރި އަހުމީޒު ސައީދަކީ ތަފާތު ޝަޚުސިއްޔަތެކެވެ.
19 Jun 2026
އާޝޫރާ ދުވަހުގެ ހާދިސާ
ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ ކުރިން ދުވަހެއް (9 ވަނަ ދުވަސް) ނުވަތަ ފަހުން ދުވަހެއް (11 ވަނަ ދުވަސް) ހިމަނައިގެން ރޯދަހިފުމަށް އިރުޝާދު ދިނެވެ.
19 Jun 2026
ވަގަށް ވޭޕް ކާޓްރިޖް އެތެރެކުރަން އުޅުނީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި
ކަސްޓަމްސްއިން މި މަހުގެ 17 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 5,600 ވޭޕް ކާޓްރިޖަކީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ތަކެތިކަން ހާމަވެއްޖެއެވެ.
19 Jun 2026
ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: އަބްދުއްރަޙީމް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
19 Jun 2026
އީރާން-އެމެރިކާ ސުލްޙައިގެ އެއްބަސްވުން އާއްމުކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ ރައީސުން އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައިވަނީ އިއްޔެއެވެ.