25 Oct 2020 | 22:10
ބޭސްފަރުވާއަށް ފުރުސަތު ދިނިން، ނަމަވެސް ޔާމީން އެދިވަޑައިގަންނަވަނީ ގެއަށް ބަދަލުވާން: އިމްރާން

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްއަށް ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ފުރުސަތު ދެއްވިނަމަވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގެއަށް ބަދަލުވެވަޑައިގަނަވަންކަމަށް ހޯމް މިނިސްޓަރ އިމްރަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވަނީ މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ފްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ބައްޔާއި ގުޅޭގޮތުން ޑޮކްޓަރު ދެއްވާފާއިވާ ލިޔުމެއްވާކަމަށާއި، އެލިޔުމުގައި ލަފާ ދެއްވާފައިވަނީ ރާއްޖެއިން ބޭރުން ޓެސްޓެެއް ހެއްދެވުމަށްކަމަށެވެ. އަދި ފިކުރުބޮޑު ނުވާނެ ފަދަ މާހައުލެއްގައި ބެހެއްޓުމަށް ވެސް ޑޮކްޓަރުގެ ސިޓީގައި ވާކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ދެންނެވިން އެހެންވީމަ އެޓެސްޓްތައް ހަދަން ވަޑައިގަންނަވަން ބޭނުންފުޅުވަނީ ކޮން ޤައުމަކަށްތޯ މިރީޖަންގެ ތެރެއިން. ވިދާޅުވީ ބޭރަށް ވަޑައިނުގަންނަވާނަމޭ. ދެން ރާއްޖޭގަ އެޓެސްޓް ހެދޭކަށް ނެތް. ބޭރަށް ވަޑައިނުގަންނަވާނަމޭ ގެއަށް ގެންގޮސްދޭށޭ. އަޅުގަނޑު ދެންނެވިން ޑޮކްޓަރު ވިދާޅުވެފައި މިއޮތީ އެޓެސްޓު ނުހެދޭތީ އެޓެސްޓް ހެއްދެވުމަށޭ. އޭގެފަހުންނޭ ޑޮކްޓަރަށް ވަކި ސީދާ އެއްޗެއް ދަންނަވަން އެނގޭނީ. އޭގެ ދެވަނަ ބައޭ ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުން. ފުރަތަމަ ބައި ފުރިހަމަކޮށްފައިނޫންތޯއޭ ދެވަނަ ބައި ފުރިހަމަކުރަންވާނީ." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވިގޮތުގައި ރައީސް ޔާމީން ބޭރަށް ވަޑައިގަތުމަށްފަހު ޓެސްޓް ހައްދަވާ ނިންމަވައި އޭގެ މައްޗަށް ބިނާކޮށް ޖަލުގައި ބެހެއްޓުން އެއީ ކަމުނުދާ މާހައުލެއްކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެނަމަ އެއާއެއްގޮތަށް އަމަލުކުރައްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jun 2026
ބޯކޮށްވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
12 Jun 2026
އުރީދޫ "ފުޓްބޯޅަ ފޯރި" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި
ފީފާ ވޯލްޑް ކަޕް ފެށުމާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު "އުރީދޫ ފުޓްބޯޅަ ފޯރި" މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފިއެވެ.
12 Jun 2026
މެކްސިކޯއަށް ރައުލް ހިމެނޭޒްގެ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ރުއީ ކީއްވެ؟
މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ހިމެނޭޒް މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކަށްފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ.
12 Jun 2026
ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާއަށް މޮޅެއް
މެޗްގައި ދެޓީމްގެ ކުޅުންތެރިންގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ
12 Jun 2026
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް
މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ
11 Jun 2026
ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް، ތިން ޓަނުގެ މެޑިކަލް ސާމާނު، އިންޑިއާއިން ހަދިޔާކޮށްފި
އެގޮތުން ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ތިން ޓަނުގެ މެޑިކަލް ސާމާނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
11 Jun 2026
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް
މި އަހަރު ތައާރަފުކުރި ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
11 Jun 2026
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނު ހުޅުވާލަނީ
އެހެން ކަމުން ޖޫން 12 ވާ ހުކުރު ދުވަހުގެ [މާދަމާ] ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.