ޖިންސީ ގޯނާ އަދި ފުރައްސާރައަކީ ކުޑަކަމެއްކަމަށް ނުބުނަން: އިމްރާން

26 Oct 2020 | 06:01

އަންހެނަކަށް ޖިންސީގޯނާކުރުމާއި ފުރައްސާރަ ކުރުމަކީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެފައި ނުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރައްސާރަ ކުޑަކުރުމަކީ ކުޑަކަމެއް ނޫންކަމަށާއި، އެފަދައިން ވާހަކަ ދައްކަވާފައިނުވާނެކަމަށެވެ. އެގޮތުން އެބޭފުޅާ އާއި މެދު މީޑިއާގައި ފަތުރާ ބައެއް ވާހަކަތަކުން އެބޭފުޅާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ހުރިހާ ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް އެދިވަޑައިގެންފައެވެ.

ހޯމް މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ އެބޭފުޅާ ބުނި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވެފައިވާނަމަ އެއީ އެބޭފުޅާގެ މަޤްސަދު ނޫންކަން ސާފްކޮށް ދަންނަވާކަމަށެވެ، އަދި އޮޅުން އަރާފަދަ ބަހެއް ބުނެވިފައި އޮތްނަމަ މަޢާފަށް އެދިވަޑައިގަންނަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ގިނަބަޔަކު ދަނީ އެބޭފުޅާއަށް ފާޑުކިޔައި، އިސްތިއުފާއަށް ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement