27 Oct 2020 | 19:53
ޕީޕީއެމްގެ އެންމެ އިސް ވާޖިބަކީ ރައީސް ޔާމީން މިނިވަންކުރުންކަމަށް ބުނެފި

ޕީޕީއެމްގެ އެންމެ އިސްވާޖިބަކީ އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ކަމަށް އެޕާޓީ އިން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސްގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އެޕާޓީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމްގެ އެންމެ އިސް ވާޖިބަކީ އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ޤައުމުގެ ރިއާސަތު އިސްކުރެއްވުން ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ރައީސް ޔާމީނުގެ ނިމިދިޔަ 5 އަހަރު ވެގެންދިޔައީ ރާއްޖެ މިހާތަނަށް ނުދެކޭފަދަ އިޤްތިސާދީ ބޮޑެތި ބަދަލުތަކަކަށް ވާސިލްވި އަހަރުތަކެއް ކަމުގައެވެ.އަދި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ ސިޔާސީ ޕާޓީއެއްކަން މިބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެ ޕާޓީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕީޕީއެމްގެ 9 ވަނަ އަހަރީދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވީނަމަވެސް، މުޅި ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ސަބަބުން އަހަރީ ދުވަހުގެ ޙަރަކާތްތައް ފަސްކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.