31 Oct 2020 | 14:03
ބިންހެލުމާއި ގުޅިގެން މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖް ފޮނުއްވައިފި

އެއިޖިއަން ސީ އަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ތުރުކީ ވިލާތަށާއި، ގްރީސްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދެޤައުމުގެ ޚާރިޖީ ވަޒީރުންނަށް ރޭ ވަކިވަކިން ފޮނުއްވި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ މިކާރިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި މިހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ގްރީސް އަދި ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި މީހުން ސަލަމާތްކުރުމުގެ މަސައްކަތް ވީހާވެސް އޮމާންކޮށް، އަވަސް މިނެއްގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jun 2026
ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓު ހުޅުވައިފި
ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ. ކޮންމެ ޓަވަރެއްގައި ހަރުކުރީ ސްޓްރެޗާ އެރުވޭވަރުގެ 21 މީހުންގެ ޖާގަ ހުންނަ ބޮޑެތި ލިފްޓުތަކެވެ.
15 Jun 2026
ޕޭޕަލް ރާއްޖެއަށް ތަޢާރަފް ކުރުމަކީ ނުވާނެ ކަމެއް ކަމަށް ބުނި
ދިވެހިރާއްޖޭގައި ޕޭޕަލް ގެ ޚިދުމަތް ތަޢާރަފްކުރަން މަސައްކަތް ކުރުމުން އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށާ، ނަމަވެސް އެކަން ހާސިލް ކުރެވުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
15 Jun 2026
ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް އައްޔަނުކުރަން ރުހުން ދީފި
އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަނުކުރަން ފެނޭތޯ މިއަދު ނެގި ވޯޓްގައި 57 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.
15 Jun 2026
އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ
މި ސަރުކާރުން ދަނީ އާރުސީސީއާ ހަވާލުކޮށްގެން އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ އެއްނަންބަރު ކުނިކޮށި ހުރި ބިމުގައި އެ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
15 Jun 2026
ޝަކީލް އީސީ މެމްބަރު ކަމަށް އައްޔަނުކުރަން މަޖިލީހަށް
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ފޮނުވައިފި އެވެ.
15 Jun 2026
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި
މި ލިސްޓް އަލުން އެކުލާވާލީ ކުރީގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް, މަޖިލީހުގެ ނާއިބު ރައީސް ކަމަށް އިންތިހާބު ކުރުމާއި ގުޅިގެންނެވެ.
15 Jun 2026
އަމަޑްގެ ގޯލުން އައިވަރީ ކޯސްޓައް މޮޅެއް
މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އަމަޑް ޑިއާލޯ ވޯލްޑް ކަޕްގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި 90 ވަނަ މިނެޓުގައި ޖެހި ގޯލުން އައިވަރީ ކޯސްޓް 1-0 އިން މޮޅުވެ ނޮކައުޓް ބުރުގެ އުންމީދު ބޮޑުކުރުވައިދިނެވެ.
15 Jun 2026
ޖަޕާން ނެދަލެންޑްސްއާ 2-2 އިން އެއްވަރުވި
ކްލަބް ވޯލްޑް ކަޕް ގުރޫޕް އެފްގައި ނެދަލެންޑްސް ދެ ފަހަރަށް ލީޑު ނެގި ނަމަވެސް ޖަޕާން ދެ ފަހަރު ފަހަތުން އަރައި މެޗު 2-2 އިން އެއްވަރުކޮށްފިއެވެ.