31 Oct 2020 | 14:18
ދިވެހިންގެ ހުނަރާއި ގާބިލްކަން ބޭރުގެ ބޮޑެތި ގައުމުތަކުން ބަލައިގަންނަކަން ހާމަވެއްޖެ: ރިޒްވީ

މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރކޮށްގެން އިންޑިއާގައި ސީޕްލޭން ދަތުރުތައް ފެށުމުން ދިވެހިންގެ ހުނަރާއި ގާބިލްކަން ބޭރުގެ ބޮޑެތި ގައުމުތަކުން ބަލައިގަންނަކަން ހާމަވެފައިވާކަމަށް އައިލެންޑް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ މިހެން ވިދާޅުވީ އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ހާއްސަ ދަތުރަކަށް ސްޕައިސްޖެޓް ކުންފުނިން ގައުމީއެއަރލައިންގެ ސީޕްލެއިންއެއް ޗަރަޓަރ ދަތުރަށް އިޝާރާތްކުރައްވަމުންނެވެ.

"އިންޑިޔާއިން އެގައުމުގެ ޕްރައިމް މިނިސްޓަރގެ ހާއްސަ ދަތުރަކަށް ދިވެހިންގެ ޤައުމީ އެއަރލައިންގެ ބޯޓެއް ޗާރޓަރ ކުރުމަކީ، ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ އިޙްތިރާމް ކުރާކަން ރަމްޒުކޮށްދޭކަމެއް" ރިޒްވީ ވިދާޅުވިއެވެ.

ސްޕައިސްޖެޓްގެ ޗާރޓަރ ދަތުރަކީ މޯދީ މީގެ ދެއަހަރުކުރިން ސީޕްލޭންގެ ހިދުމަތް އިންޑިޔާގައި ފެށުމަށް އިންޑިޔާގެ ރައްޔިތުންނަށް ވެފައިވާ ވައުދު އިފްތިތާޙްކުރެއްވުމަށް ކުރާ ދަތުރުފުޅެކެވެ. މިދަތުރަކީ އިންޑިޔާގައި ސީޕްލޭންގެ ހިދުމަތް އިފްތިތާޙް ކުރުމުގެ ރަސްމީ ހަރަކާތް ކަމަށްވާއިރު، ދިވެހިންގެ އެހީ މިފަދަ ބޮޑު ރަސްމިއްޔާތަކަށް ފޯރުކޮށްދެވުމަކީ ޤައުމީ އެއަރލައިންނެއްގެ ހައިސިއްޔަތުން މިއަދު ފަހުރުވެރިވާކަމެއްކަމަށާއި މިކަމުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންދެއްކި އެއްބައިވަންތަ ކަމަށް ރިޒްވީ ޝުކުރުއަދާކުރިއެވެ.

އަދި ދަތުރުގެ ސަބަބުން ކުންފުންޏަށާއި ޤައުމަށް ބޮޑު އެކްސްޕޯޝާއެއް ލިބޭނެކަމަށާއި މިފުރުސަތުގެ ބޭނުންހިފައި ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ދިވެހިރާއްޖޭގެ އަސްދަޑިން ބޭރަށް ފުޅާކުރުމަށް ވިސްނާކަމަށް ޤައުމީ އެއަރލައިން ހިންގުމާ 2018 ވަނަ އަހަރު ނޮވެންބަރުމަހު ހަވާލުވި މުޙައްމަދު ރިޒްވީ ދިވާޅުވިއެވެ.

ދިވެހިންގެ ހުނަރާއި ޤާބިލުކަން އެބަހުރިކަމަށާއި އަދި އެކަން ބޭރުގެ ބޮޑެތިގައުމުތަކުންވެސް ބަލައިގަންނަކަން މިދަތުރުންވެސް ހާމަވެއްޖެ ކަމަށާއި މުސްތަގުބަލުފެންނަނީ އުޖާލާކޮށްކަމަށާއި، އިންޑިޔާއާއެކީ މިކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވާނީ ދެގައުމުގެ ގުޅުން ބަދަހިވެ ޒަމާންވީ އެކުވެރިކަން އިތުރަށް އާލާވެގެންދިއުންކަމުގެ ރިޒްވީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.