ދީން
01 Nov 2020 | 12:36
ފްރާންސްގެ ކިބަޅި ފަރާތް!

ހުޅަނގުގެ މީޑިއާތަކާއި ފިލްމުތަކުން ތަރުބިއްޔަތުވެގެން ނުކުންނަށް މީހަކަށް ފެންނާނީ ފްރާންސުގެ ޕެރިހުގައި ހުންނަ "އީފެލް ޓަވަރ" އެވެ. އެކަމަކު އެ ޓަވަރަކީވެސް މުސްލިމު ޤައުމެއްކަމަށްވާ އަލްޖީރިޔާގެ ބިމުން ވަގަށް ނަގައިގެން ގެނެސްފައިވާ 10 ހާސް ޓަނުގެ ދަގަނޑުން ހަދާފައިވާ ތަނެއްކަން އެނގެނީ ކިތައް ބޭފުޅުންނަށްތޯއެވެ. ޓެރަރިޒަމް ނައްތާލުމުގެ ދަޢުވާ ކުރަމުންދާ ގޮތްކުޑަ ފްރާންސުން އަލްޖީރިޔާގެ 10 މިލިއަން މުސްލިމުން މަރާލާފައިވާކަން އެގެނީ ކިތައް "ހިއުމަން ރައިޓްސް" އެކްޓިވިސްޓުންނާއި ކިތައް "ހިޔުމަން ރައިޓްސް" ޖަމްޢިއްޔާއަށްތޯއެވެ؟

ތަރިކަ އާއި ޘަޤާފަތް ދިރުވުމަށް ހޭބޯނާރާ އުޅޭމީހުންނަށް 21 ވަނަ ޤަރުނުގައިވެސް ފްރާންސުގެ ވެރިރަށުގައި 1800 އިންސާނުންގެ ބޮލުގެ ނާށިގަނޑު ފެންނަން ހުންނަހެން "ޑިސްޕުލޭ" ކޮށްގެން ހުޅުވާފައިވާ ޤައުމީ ދާރުލް އާޘާރެއްވާކަން އެނގެނީ ކިތައްބޭފުޅުންނަށްތޯއެވެ؟ އެއީ އެފްރިކާ އާއި އިސްލާމީ ޤައުމުތަކުގައި ފުރާންސުން ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކުގައި އަނިޔާވެރިކޮށް މަރާލާފައިވާ އިންސާނުންގެ މިނިކަށިތަކެވެ. އޭގެތެރޭގައި 132 އަހަރުވަންދެން ފުރާންސުން އަޅުވެތިކޮށްގެން އުޅުނު އަލްޖީރިޔާގެ މިނިވަންކަމަށް ޖިހާދުކުރި 37 ކޮމާންޑަރުންގެ ބޮލުގެ ނާށިގަނޑުވެސް ހިމެނެއެވެ. މުސްލިމުން މެރުމަކީ މިބައިމީހުންގެ ޝަރަފެއްކަމުގައި ހަދައި، މުސްލިމުންގެ ހަށިތަކުން ވަކި ކޮށްފައިވާ ބޯތައް އެއްތާކަށް ޖަމާކޮށް ފޮޓޯ ނަގައި އެފޮޓޯތަކުން އަމިއްލަ ޤައުމުގެ ސްޓޭމްޕު ހެދި ފްރާންސަކީ މުސްލިމުންނާއި ޢަދާވަތްތެރިވުމުގައި ދިގު ތާރީޚެއް އޮތް ގޮތްކުޑަ ބައެކެވެ. މިއީ އެ ގޮވާ ތަހުޒީބީ ސެކިއުލަރ ވެރިކަން އެންމެ ފުރަތަމަ ދުނިޔޭގައި ޤާއިމުކުރި ފްރާންސުގެ އަނިޔާވެރިކާމައި ލާއިންސާނީ ޢަމަލުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

މިފަދަ ކިތަންމެ ކަމެއް ފްރާންސުން ފެނިގެން ގޮސްފައިވެއެވެ.

މިއަދުގެ ޙާލަތަށް ބަލާލާއިރު ފެނިގެން މިދަނީ އެމީހުންގެ ދެފުށްދެގޮތް ކަމާއި މަކަރުވެރި ފޮނި ވާހަކަތަކުގެ ޙަޤީޤަތެވެ. މިއަދުވެސް ޔޫރަޕުގައި އެންމެ ގިނައިން ނަހަލާލަށް ކުދިން ތިބީ ފުރާންސުގައެވެ. 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެޤައުމުގައި އުފަންވާ 60 އިންސައްތަ ކުދިންނަކީ ނަހަލާލަށް ވިހާކުދިންނެވެ. 2017 ވަނަ އަހަރުގެ ދިރާސާއެއް ދައްކާގޮތުން ފްރާންސުގެ ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ދޭ ތަންތަނުގައި 220000 ގިނަ އަންހެނުންނަށް ވަނީ ދެއަހަރުތެރޭގައި ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހިފައެވެ. އަދި ނިމިދިޔަ 2019 ވަނަ އަހަރު ފްރާންސުގައި ރޭޕުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު 20 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ.

އަޚުންނާއި އުޚްތުންނޭވެ. މުޅި އިންސާނީ ތާރީޚު ދުށް އެންމެ މާތް މަތިވެރި އިންސާނާ އަހުރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ނިސްބަތްކޮށް ކާރޓޫނު ކުރަހައި، އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ ފްރާންސް ނުވަތަ ފަރަންސޭސިވިލާތުގެ ހާލަތަކީ މިއީއެވެ.

އެތައް މިލިޔަން ފުރާނައެއްގެ ލެއިން ތަތްތެޅިފައިވާ ބަޔަކު ނުކުމެ މިއަދު ދައްކާނެ ވާހަކައެއް އެބައޮތްތޯއެވެ. އެމީހުން މަލާމާތާއި ފުރައްސާރަކުރަންވީ އަމިއްލަ ތާރީޚާއި އަމިއްލަ ޤައުމަކަށްނޫންތޯއެވެ. އިޖްތިމާޢީ މައްސަލަތަކެއްގެ ތެރޭގައި ޤައުމު ޣަރަގުވެގެންދާއިރުވެސް އެބައިމީހުން ބަލަމުން އެދަނީ މުޅި އިންސާނިއްތަށް ރަޙްމަތެއްގެ ގޮތުގައި މާތް ﷲ ފޮނުއްވި މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަ ކުރެވޭތޯއެވެ. އެބައިމީހުންގެ ނުބައިކަމާއެވެ. ނަމަވެސް އެބައިމީހުން ކުރަމުން އެދަނީ އިރަށް ކުޅު ޖެހުންފަދަ ކަމެކެވެ. އެ ކުޅު އާޚިރުގައި އައިސް ޖެހެނީ އެބައިމީހުންގެ މޫނުމަތީގައެވެ.

މިފަދަ ނިކަމެތި ބަޔަކަށް އެހެން މީހަކާ ދިމާލަށް ދިއްކޮލެވޭނެ އިނގިއްޔެއް އަމުދަކުން އެބައޮތްތޯއެވެ؟ އެމީހުންގެ ކިބަޅި ފަރާތަށް ނަޒަރެއް ދޫކޮށްލިޔަސް ފެންނަނީ ހުސް މިކަހަލަ ހަޑި ހުތުރު ނަޖިސް، މުޅި އިންސާނީ ތާރީޚް ލަދުވެތިވާފަދަ ލާއިންސާނީ ރަޙްމުކުޑަ ޖަރީމާތަކެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.