03 Nov 2020 | 00:46
ކުޅިވަރުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ މެދު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފި

ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފް ހުށައަޅުއްވާފައިވާ އިސްލާހުތަކާ މެދު ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން އެ އެސޯސިއޭޝަންތަކުން ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުގައި ކުޅިވަރުގެ ގާނޫނުގެ 51 ވަނަ މާއްދާއަށް އިތުރުކުރުމަށް ހުށައަޅާފައިވާ މާއްދާތަކާ މެދު އެފަރާތްތަކުން ކަންބޮޑުވެއެވެ. މި މާއްދާއަށް ހަސަން ލަތީފް އިތުރުކުރުމަށް ހުށައަޅާފައިވާ ބައިތަކުގައިވާ ގޮތުގައި ކުޅިވަރުގެ އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާ ބެހޭ އެންމެހާ ކަންކަން އިންތިޒާމްކުރާނީ އިލެކްޝަން ކޮމިޝަނުންނެވެ.

އަދި އެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ބޭނުންވާ އެންމެހާ ލިޔެކިޔުމާއި އެހެނިހެން ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އިލެކްޝަން ކޮމިޝަނަށް ފޯރުކޮށްދޭންވާނެއެވެ.

މިކަމާއި ގުޅޭގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުން ނެރުނު ބަޔާނުގައިވާ ގޮތުގައި މި އިސްލާހަކީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ، އޮލިމްޕިކް ޗާޓަރގެ 27.5 އަދި 27.6 މާއްދާއާއި ޚިލާފް ކަމަކަށެވެ. އަދި މި އިސްލާހު ގާނޫނަށް ގެނައުން ވެގެންދާނީ އޮލިމްޕިކް ޗާޓަރގެ 27.9ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށް ކަމަށް ވަނީ ބުނެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޮލިމްޕިކް މޫވްމެންޓުން ދިވެހިރާއްޖެ ސަސްޕެންޑްވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން ބުނިގޮތުގައި މިކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ކުޅިވަރު އާއިލާއާއި، ކުޅިވަރަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެކަމެއް ނޫންކަމަށެވެ. މި ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ބޮޑެތި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.