04 Nov 2020 | 06:39
ސީޒަނުގެ ޗެންޕިއަންސް ލީގުގެ ފުރަތަމަ މޮޅު ރެއާލް ހޯދައިފި

ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ރޮޑްރިގޯ ޖަހައިދިން ގޯލާއެކު 3 ޕޮއިންޓް ކަށަވަރުކުރި ރެއާލް މެޑްރިޑް މި ސީޒަނުގެ ޗެންޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ގްރޫޕް ބީގެ އެންމެ ވާދަވެރިވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި މެޗުގައި ރެއާލް މެޑްރިޑް އަދި އިންޓަ މިލާން ކުޅުނު މެޗް ނިމުނީ 3-2 ކުން ރެއާލް މޮޅުވެގެންނެވެ.

ފުރަތަމަ ހާފުގައި ބެންޒީމާ އަދި ސާޖިއޯ ރާމޯސް ޖަހައިދިން ގޯލުތަކުން ރެއާލް ދެ ގޯލުގެ ލީޑެއް ހޯދިއިރު އިންޓަ މިލާންގެ މާޓިނޭޒް ޖެހި ގޯލާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ކުން ރެއާލް ކުރީގަ އޮވެގެންނެވެ. މި މެޗުގައި ކެޕްޓަން ރާމޯސްގެ ޖެހި ގޯލަކީ އޭނާ ރެއާލްއަށް ކާމިޔާބު ކޮށްދިން 100 ވަނަ ގޯލެވެ.

68 ވަނަ މިނެޓުގައި މާޓިނޭޒް ދިން ބޯޅައަކުން ޕެރިސިޗް ޖަހައިދިން ގޯލާއެކު ނަތީޖާ ހަމަހަމަވެގެން ދިޔައިރު ރެއާލް އަށް މޮޅުވި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނެޓުގައެވެ.

ދާދި އެއްވަރަކަށް ދެޓީމުންވެސް ހަމަލާތައް އުފެއްދި މަންޒަރު ފެނިގެން ދިޔަ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ރެއާލްކަން ފާހަގަކޮށްލެވެއެވެ.

މިއާއެކު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކު ރެއާލް ގްރޫޕް ބީގެ 3 ވަނައަށް ޖެހިލައިފާއިވާއިރު އިންޓަ މިލާން އޮތީ ހަމަ އެދަދަށް މެޗް ކުޅެ 2 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ގްރޫޕުގެ އެއްވަނައިގަ އޮތީ ބުރޫޝިއާ މޮންޗެންގްލާބެކް އޮތީ 5 ޕޮއިންޓާއެކީއެވެ. ވާދަވެރިކޮށް ފެންނަ މި ގުރޫޕުގެ ދެވަނައިގަ 4 ޕޮއިންޓް ހޯދައިގެން އޮތީ ޝަކްތާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.