ސިކުނޑީގައި ބްލަޑް ކްލޮޓެއް ހެދި މަރަޑޯނާ ސާޖަރީއަށް

04 Nov 2020 | 07:30

ސިކުނޑީގައި ބްލަޑް ކްލޮޓެއް ހެދިފައިވުމުގެ ސަބަބުން މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ސާޖަރީއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ ޑޮކްޓަރު ހާމަކޮށްފިއެވެ.

1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި، މިހާރު 60 އަހަރުގެ މަރަޑޯނާ އާޖެންޓީނާގެ ބޮއިނެސް އައިރިސްއަށް ނިސްބަތްވާ ކްލިނިކެއްގައި އެޑްމިޑް ކުރަން ޖެހުނީ އެނީމިއާ އަދި ޑީހައިޓްރޭޝަނުގެ ސަބަބުން ކަމަށްވެސް މަރަޑޯނާގެ ޑޮކްޓަރު ވަނީ ހާމަކޮށްފައެވެ.

ސާޖަރީ ހެދުމަށް އެހެން ކްލިނިކަކަށް މަރަޑޯނާ ބަދަލު ކޮށްފައިވާއިރު، ސާޖަރީ ކާމިޔާބުވެއްޖެނަމަ 48 ގަޑިއިރު ފަހުން އޭނާ ގެޔަށް ދޫކޮށްލާނެކަމަށް އޭނާގެ ޑޮކްޓަރު ވަނީ މީޑިއާއަށް މައުލޫމާތުދީފައެވެ.

ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަރަޑޯނާ މިފަހުން ހަރަކާތްތެރިވަމުން އައިސްފައިވަނީ އާޖެންޓީނާގެ ކްލަބެއް ކަމަށްވާ ޖިމްނާސިއާގެ ކޯޗުގެ ގޮތުގައެވެ.

މަރަޑޯނާއަށް ސަޕޯޓްކުރާ އެތައް ބަޔަކު އަންނަނީ އޭނާ އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލުގެ ބޭރުގައި ހެޔޮއެދުމުގެ މެސެޖުތަކާއެކު ހަރަކާތްތެރިވަމުންނެވެ. 

Advertisement

ކޮމެންޓް