ހަބަރު
12 Nov 2020 | 16:19
ސާފިރާގެ "ހިތި" މާދަމާއިން ފެށިގެން ވޮއިސްގައި ޝާއިއުކުރަންފަށަނީ!

ކުރިއަރަމުން އަންނަ ވާހަކަ ލިޔުންތެރިޔާ ސާފިރާ މޫސާގެ އައު ވާހަކައެއް މާދަމާ ވޮއިސްގައި ޝާއިއުކުރާނެއެވެ. ސާފިރާ މިފަހަރު އޭނާގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައިގެ ނަމަކީ "ހިތި" އެވެ.

ސާފިރާ އެންމެ ފުރަތަމަ މި އޮންލައިންގައި ޝާއިއު ކުރި ވާހަކަ "ގުބާރަށް" ކިޔުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، މިއީ މިހާތަނަށް ވޮއިސްގައި ޝާއިއުކުރި ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކިޔާފައިވާ ވާހަކަ ކަން ފާހަގަކޮށްލަމެވެ. މީގެ ކުރިންވެސް ސާފިރާ ވަނީ "ދަތުރު" "ފާއިތުވެދިޔަ ވަގުތު" އަދި "ހަޔާތުގެ ކުލަތައް" ފަދަ ކިޔުންތެރިންގެ ހިތް ދަމައިގަންނަ ކަހަލަ ހިތްގައިމު ރީތި ވާހަކަތަކެއް ގެނެސްދީފައެވެ.

ސްކޫލު ދައުރުން ފެށިގެންވެސް ލިޔުންތެރިކަމާއި، އަދަބިއްޔާތައް އަހައްމިއްޔަތުކަމެއް ދޭ ސާފިރާ އަކީ މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި، އެކި ޓީވީ ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ. އަދި މޮޅު ޕްރެސެންޓަރެކެވެ. ސާފިރާ ބުނީ ނޫސްވެރިކަމުގެ ގަލަމުން އަތް ދޫކޮށްލި ނަމަވެސް، ވާހަކަ ލިޔުމަށް އަބަދުވެސް ޝައުގުވެރިވާ ކަމަށާއި، ސްކޫލުގައިވެސް ވާހަކައާއި މަޒުމޫނުގެ ތެރެއިން އަބަދުވެސް އިހުތިޔާރު ކުރަނީ ވާހަކަ ލިޔަންކަމަށެވެ.

ސިކުނޑީގައި ކުރަހާލާ ހިޔާލުތަކަށް ވާހަކައެއް ލިޔެލާ ތައްޔާރުކޮށްލުމަކީ ބުރަ އަދި އެކަމަކަށް ވަގުތު ހޭދަވާ ކަމެކެވެ. ހަމަ އެއާއެކު، ހަގީގީ ހާދިސާތަކުގެ މައްޗަށް ވާހަކައެއް ލިޔާނަމަ، އެ ހާދިސާއެއް ދިރާސާކޮށް ކަން ހިނގާފައިވާ ގޮތުގެ އަސްލު ނުގެއްލޭ ގޮތަށް ބަޔަކަށް އެ ވާހަކަތައް ކިޔައިދިނުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. ވާހަކަ އެއް ލިޔަން ފެށުމުގެ ކުރިން ލިޔަން ބޭނުންވާ ވާހަކައާއި ގުޅޭގޮތުން ރަނގަޅަށް ދިރާސާކޮށް މައުލޫމާތު ހޯދާ، އެކަންކަން ކިޔުންތެރިންގެ ސިކުނޑިއަށް ނަގައިގަނެވޭ ވަރަށް ސިފަކޮށްދޭން ސާފިރާގެ ވާހަތަކުގައި ވަރަށް ބޮޑު އިސްކަމެއް ދޭކަން އޭނާގެ ވާހަކަތަކުން ފާހަގަވެއެވެ. އަދި މިކަން ވޮއިސް އަށް ލިޔެފައިވާ ވާހަކައަށް ކޮށްފައިވާ ދިރާސާއާއި މަސައްކަތުން ހާމަވެގެން ގޮސްފައިވެއެވެ.

ސާފިރާ ވޮއިސް އޮންލައިންގައި ޝާއިއުކުރާ ވާހަކަތަކާއި، އަދި އޭނާ ލިޔެފައިހުރި އިތުރު ވާހަކަތައް އެއް ތަނަކުން ކިޔާލަން ބޭނުންވާ ކިޔުންތެރިންނަށް އޭނާގެ ފޭސްބުކް ޕޭޖް "ސާފިރާ މޫސާ" އިން ފެންނާނެއެވެ. ބިންމާ އިބްރާހީމް ވަހީދު، ސައިކުރާ އިބްރާހީމް ނައީމް ފަދަ މަޝްހޫރު ލިޔުންތެރިން އިންސްޕިރޭޝަނަކަށް ބަލައިގެން ވާހަކަ ލިޔަންފެށި ސާފިރާ ބުނީ، ލިޔަން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހިތްވަރާއި، ޝައުގުވެރިކަމާއެކު، އާ ކަންތައްތަކެއް ދަސްކުރުމުގެ ނިޔަތުގައި އެކަމަށް ވަގުތު ހުސްކޮށްގެން ލިޔަން ފެށުމުން ލިޔެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ